އެކުވެރި ދައުލަތްތަކުގެ ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓް ގައި ވިދާޅުވީ 2026 އިން 2030 އަށް ކުރިއަށްދާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމަށް ރާއްޖެ ހޮވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އަދި އެ ކޮމިޝަނަށް އިންތިޚާބުވި ހުރިހާ ޤައުމަކަށް ވެސް މަރުޙަބާ ދަންނަވާ ކަމަށެވެ.
އަދި އަންހެނުންގެ ޙައްޤުތަކާއި ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ ތައްރަށް އޮތް ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ޙައްޤުތަކާއި ދަރަޖަ ކުރިއެރުވުމުގައި ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި ރާއްޖެއިން އުންމީދު ކުރަނީ، ހުރިހާ ޕާޓްނަރުންނާއެކު، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ފުރިހަމަ މުސްތަޤްބަލަކަށް ޓަކައި މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނުގެ ފޯސްޓްގައި ވިދާޅުވެފައި ވެއެވެ.




