އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާފައިވާ މެސެޖްގައި ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށާއި، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރަމެވެ.
ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރަމެވެ.
އަޅުގަނޑު އެދެނީ، މި… pic.twitter.com/jFoKBzz5Ck
— Dr Mohamed Muizzu (@MMuizzu) April 7, 2025
އެމަނިކުފާނު އެދެނީ، މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށާއި، ޤައުމީ ނިސްބަތުގައްޔާއި، ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށް ކަމަށެވެ.
މީގެ އިތުރުން ބެލެނިވެރީން އެ ކުރައްވާ ބުރަ މަސައްކަތުގައި ބަރަކާތްލައްވާ، މުދައްރިސުންނަށް ހީވާގިކަމާއި ޢިލްމު އިތުރުކޮށްދެއްވައި، ދަރިވަރުންނަށް ތޫނުފިލިކަން އިތުރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށާއި، ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުންވެސް ޚިދުމަތްތެރި މޮޅު ދަރީންތަކެއް ބިނާކުރުގެ ހެޔޮ ތައުފީޤު ދިވެހިރާއްޖެއަށް މިންވަރުކޮށްދެއްވުމަށް އެދޭ ކަމަށެވެ.




