ރާއްޖެއިން އާޒަރުބައިޖާނަށް ކަނޑައަޅާ ނޮންރެސިޑެންޓް ސަފީރުކަމަށް ގ. ކަނޑުތޮޅިއާގެ، ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުލް ލަތީފް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުލް ލަތީފް އަކީ ތުރުކިއޭ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާ ބޭފުޅާއެވެ. އޭނާ އާޒަރުބައިޖާން ދިވެހި ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮންރެސިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ނަން ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުލް ލަތީފްއަށް ރުހުން ހޯދުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.




