ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މިއަދުގެ ހެނދުނު 8:45 އިން މެންދުރު 14:00 އާއި ހަމައަށް މެދުރާއްޖެތެރޭގެ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
އެ އިދާރާއިބް ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަވެސް ބުނެފައިވެއެވެ.
އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެކަމަށާއި 2 ފޫޓާއި 4 ފޫޓާއި ދެމެދު ރާޅުގެ އުސްމިން ހުންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.




