Advertisement
BML Home 2nd Ad

ވަރިކޮށް ޢިއްދަ ހަމަވެފައިވާ ދެމީހަކު އެއް ގެއެއްގައި ދިރިއުޅުން!

ވަރިކޮށް ޢިއްދަ ހަމަވެފައިވާ އަންހެންމީހާއަކީ ފިރިހެން މީހާގެ މައްޗަށް ހިލޭ މީހެއްގެ މަޤާމުގައިވާ މީހެކެވެ. އެހެންކަމުން އެ ދެމީހުން އެއްގެއެއްގައި ދިރިއުޅުމާއި އެއްތަނެއްގައި ނިދާ ކައިބޮއި ހެދުމަކީ އެއީ ހުއްދަކަމެއް ނޫނެވެ.

Advertisement
Etukuri Inside ad 300x300 Desktop

ތިންފަށް ވަރިއަކުން އަންހެން މީހާ ވަރިވެއްޖެނަމަ، ނުވަތަ ފުރަތަމަ/ދެވަނަ ފަހަރު ވަރިވެ ކައިވެނި ރުޖޫޢަނުކުރަނީސް ޢިއްދަ ހަމަވެފައިވާނަމަ އޭނާ އަކީ ފިރިހެނާއަށް ހިލޭ މީހެކެވެ. އޭނާއާ އެކަހެރިވުމާއި، އޭނާ ގައިގައި އަތްލުމާއި، އޭނާއަށް ބެލުންވެސް ފިރިހެން މީހާއަށް ހުއްދަވެގެންނުވެއެވެ.

އަދި ފިރިހެން މީހާއާއި އަންހެން މީހާ އެއްގެއްގައި އުޅުމަކީ އެއްވެސް ޝައްކެތް ނެތްގޮތުގައި، މި ފަދަ ޝަރްޢީ މިންގަނޑުތައް ހިފެހެއްޓުމަށް ނުހަނު އުނދަގޫވާނޭ ކަމެކެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“ތިންފަށްވެފައިވާ މީހާއަކީ އެހެނިހެން ހިލޭ އަންހެނުން ފަދަ މީހެކެވެ. ހިލޭ އަންހެނުންނާއި އެކަހެރިވުން ހުއްދަވެގެންނުވާ ފަދައިން ފިރިހެން މީހާ އޭނާއާ އެކަހެރިވުން ހުއްދަވެގެން ނުވެއެވެ. އަދި ހިލޭ މީހުންނަށް ބެލުން ހުއްދަވެގެން ނުވާ ފަދައިން އެ އަންހެން މީހާއަށް ބެލުން ފިރިހެން މީހާއަށް ހުއްދަވެގެން ނުވެއެވެ.” “الفتاوى الكبرى” (3 / 349).

އެކަމުގެ ދަލީލުތަކަކީ ހިލޭ އަންހެނަކާ ފިރިހެނަކު އެކަހެރިވުން ޙަރާމްކަމުގެ މައްޗަށް އައިސްފައިވާ ދަލީލުތަކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ -رواه البخاري ( 5233 ) ومسلم ( 1341 .

“މަޙްރަމަކާ އެކު މެނުވީ ފިރިހެނަކު އަންހެނަކާ އެކަހެރިނުވާހުށިކަމެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ-رواه أحمد (178) وصححه الألباني في “إرواء الغليل” (1813)

“ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ.”

 

މަރްޖިޢުތައް

“فتاوى اللجنة الدائمة” (20/226) .

https://islamqa.info/ar/answers/52814

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިހާރުހުއްދަނުވަނީބުނާބަހަކުންތަ މިހެންމިދެއްނެވީ ކުރީގައި މިފަދަމީހުންއެއްގޭގައިއުޅޭކަންކޯޓުތަކަށް އެނގިއްޖެނަމަ އެދެމީހުންއެއްގޭގައިއުޅުންމަނާކުރުމާ އަދަބުދިނުން ހިމެނެއެވެ މިހާރުހަމަ ކަހާތަންހިރުވާވެސްނުލައެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add