ޓްރަމްޕް އެކްސް ގޮވައިގެން ވަޑައިގަންނަވާ ވީޑިއޯއަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އީލޮން މަސްކުގެ އެންމެ ހަގު ދަރިފުޅު އެކްސް (X Æ A-Ⅻ) ގޮވައިގެން އެމެރިކާގެ ރައީސް އަށް ހާއްސަ މަތިންދާބޯޓް އެއާފޯސް ވަން އަށް އަރާވަޑައިގަންނަވަން ދާ ތަނެވެ.
ވީޑިއޯގައި ފެންނަނީ ޓްރަމްޕް އެއާފޯސް ވަން އަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވާއިރު ޓްރަންޕް އާއި އެއްވަރަށް ދިއުމށްޓަކައި ކުޑަކުޑަ އެކްސް ދުވަމުން ވާހަކަ ދައްކަވަމުން ވަޑައިގަންނަވާ ތަނެވެ. އަދި ކެމެރާތަކަށް އިށާރާތްކުރައްވައި އެކްސް ދެއްކެވުމަށްފަހު އަތުގެ އިޝާރާތުން އެކްސް ކުރައްސަވައެވެ.
މީގެ ކުރިންވެސް ޓްރަމްޕް ވަނީ އެއާފޯސް ވަންގެ ހެލިކޮޕްޓަރަށް އެކްސް އުރާލައިގެން އަރުވާ ވީޑިއީއަކަށް ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ. އެފަހަރުގެ ވީޑިއޯގައި ވައިޓް ހައުސް އިން އެ މަނިކުފާނުގެ އެއްމެ ގާތް ސިޔާސީ ބައިވެރިޔާ އީލޮން މަސްކް އާއި އެކު ޓަރަމްޕް ވަޑައިގެންނެވީ އެމަނިކުފާނު ޕަރައިވެޓް ރިސޯޓަށެވެ.




