މޯލްޑިވްސް ގޭހުން ގޭސް ޝިޕްމަންޓެއް ގަތުމަށް ދެއްކި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ވިދާޅުވީ މޯލްޑިވްސް ގޭސް އިން ގިނަ އަދަދެއްގެ ފައިސާ ފައިސާ ގެއްލުނު އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ކަމަށާއި، ޕީސީބީ އިން ޕްރޮކިއުމަންޓްގެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވަނީކޮށް އެއްވެސް ސެކިއުރިޓީއެއްނެތި ބަޔަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދިނުމަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި، އެފަދަ ވަކި ވަކި މައްސަލަތައް މާލިއްޔަތު ކޮމިޓީން ގާތުން ބަލާނެ ކަމަށް ވިދާޅުވި އެވެ.
އެ ފައިސާ [ގެއްލުނު] ހޯދުމުގައި ވެސް އެއްވެސް ކާމިޔާބެއް ނުވޭ. އެ ކަހަލަ ކަންކަން އެބަހުރި. އެހެންވީމާ، ޕީބީސީން ވަކި ގޮތަކަށް ޕްރޮކިއުމެންޓް ޕޮލިސީއާ އެއްޗެހި ހުއްޓާ، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަދައި، އެ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް" މަޖިލީހުގެ ނައިބްރައީސް ނާޒިމް ވިދާޅުވިއެވެ.
އެ މައްސަލައާއި ގުލޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ޕޭމަންޓް މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށެވެ.
އަދި އެ މައްސަލައިގެ އިތުރުުން، ކުންފުނިތަކުން ޕްރޮކިއުމެންޓަށް ދާއިމީ ގޮތެއްގައި ބޭކާރު ހަރަދުތަކެއް ކުރާތީ އެކަންކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށްވެސް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ނާޒިމް ވިދާޅުވި އެވެ.




