އެމެރިކާ ރަތްޔިތުން ރަނގަޅަށް ފެންވެރުމަށްޓަކައި ފެޑަރަލް ވޯޓަރ ކޮންޒަވެޝަން ރެގިއުލޭޝަން އުވާލައި ފެނުގެ ޕްރެޝަރު މަތި ކުރުމަށް އެނާޖީ މިނިސްޓްްރީއަށް އެންގުމަށް އެގްޒެކްޓިވް އޯޑަރެއް ޓްރަމްޕް ނެރުއްވައިފި އެވެ.
ފެޑަރަލް ވޯޓަރ ކޮންޒަވެޝަން ރެގިއުލޭޝަނުގެ ސަބަބުން އެމެރިކާގެ ފާހާނާތަކުގައި ފެނުގެ ޕްރެޝަރު އެކަށީގެންވާ މިންވަރަށް ނެތް ކަމުގެ ޝަކުވާ ޓްރަމްޕް ގެންދަވަނީ ޒަމާނުއްސުރެ ކުރައްވަމުންނެވެ.
އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ލިމިޓްކޮށްފައި ބެހެއްޓުން އުވާލައި "އެމެރިކާ މީހުންނަށް އަލުން ރަނގަޅަށް ފެންވެރޭނެ ގޮތް" ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައި މި އެގްޒެކްޓިވް އަމުރަކީ "މޭކް އެމެރިކާސް ޝަވާސް ގްރޭޓް އެގެއިން" ގެ ނަމުގައި އެމަނިކުފަނު ނެރުއްވާފައިވާ އަމުރެކެވެ.
އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ބަހައްޓާފައި ހުންނަނީ އެ ގައުމުގައި ފެނުގެ އިސްރާފު ކުޑަކޮށް، ދެމެހެއްޓެވި ގޮތުގައި ބޭނުންކުރުމާ ބެހޭ ގޮތުން އަމަލުކުރަމުން އަންނަ ފެޑަރަލް ވޯޓަރ ކޮންޒަވެޝަން ރެގިއުލޭޝަނުގެ ދަށުންނެވެ. އެ ރެގިއުލޭޝަންގެ ދަށުން އެ ގައުމުގައި ފެން ދޫކޮށްފައި ބެހެއްޓެނީ ޝަވަރހެޑް ތަކުން މިނެޓަކު ގިނަވެގެން 9.5 ލިޓަރުގެ ފެން އަންނަ މިންވަރަށެވެ.
އަޅުގަނޑު ވެސް ބޭނުންވޭ ރީތިކޮށް ފެންވަރާލައި އަޅުގަނޑުގެ މި ރީތި އިސްތަށިގަނޑު ރަނގަޅަށް ބަލަހައްޓަން،" "އަޅުގަނޑުގެ އިސްތަށިގަނޑު ތެމެނީ މާގަނޑު ދަށުގައި 15 މިނެޓް ހުރެގެން، ފެން އަންނަނީ ތިއްކަކުން ތިއްކަކުން. މިއީ ބޮޑު ޖޯކެއް" ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.
ޓްރަމްޕުގެ އެގްޒެކްޓިވް އަމުރުގައި އެނާޖީ ޑިޕާޓްމަންޓަށް އަންގަވާފައި ވަނީ ޝަވާހެޑްތަކަށް މިނެޓަކު 9.5 ލިޓަރު ފެނަށްވުރެ ގިނައިން ފޮނުވުން މަނާކުރާ "ރެޑިކަލް ގްރީން" (ފެޑަރަލް ވޯޓަރ ކޮންޒަވެޝަން ރެގިއުލޭޝަން) ގަވައިދު ބަދަލުކުރުމަށެވެ.




