އިށީންނަން ލިބުނު ޝީޓާއި ކެއުމާމެދު ހިތްހަމަނުޖެހިގެން 4 ގަޑިއިރުފަހުން ފްލައިޓް އެނބުރި ފުރި މަންޒިލަށް ދާން މަޖުބޫރުކޮށްފި އެވެ.
މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އެއާޕޯޓުން އިޓަލީގެ މިލާނަށް ދަތުރު ފެށި އެމެރިކަން އެއާލައިން ގެ ފްލައިޓް 198 އެމެރިކާއިން ފުރައިގެން އިޓަލީ އަށް ދަތުރު ފެށިތާ 4 ގަޑިއިރު ފަހުން ޕްލައިޓް ގައި އިން ޕަސެންޖަރަކު ވަނީ އޭނާއަށް އިށީންނަން ލިބުނު ގޮނޑިއާއި ޕްލައިޓުން ދިން ކާނާ އާއި މެދު ހިތްހަމަ ނުޖެހިގެން ފްލައިޓް އެނބުރި އެމެރިކާއަށް ދިއުމަށް މަޖުބޫރުކޮށްފައެވެ.
އޭނާގެ ޝަކުވާއަކަށްވީ ކުރިން ބުކްކުރި ކަމަށް ބުނާ ކާއެއްޗެހި ނުލިބުމުމާއި، ބޯޓްގެވޯކްވޭ އާއި ކައިރި ޝީޓްގައި އޭނާއަށް އިށީންނަން ނުލިބުމެވެ. އޭނާ ބުނީ އޭނާ ތުއްތު ކުއްޖެއް ގޮވައިގެން އިނުމުން އޭނާ ބައިންދަން ޖެހޭނީ ވޯކްވޭއާއި ކައި ޝީޓެއްގައި ކަމަށެވެ.
ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އެންމެ ބޭނުންވި ކެއުން ނުލިބުމުން އޭނާ ރުޅިގަދަވެ ކޮކްޕިޓަށް ވަންނަން ވެސް މަސައްކަތް ކުރި ކަމަށާއި، އެއާ ހޮސްޓެސްއަކާ ދިމާލަށް ފުންމާލައި ފްލައިޓުގައި ބިރުވެރިކަމެއް އުފައްދައިފަ ކަމަށެވެ.
އެހެންކަމުން ފުރިތާ 4 ގަޑިއިރުގެ ފަހުން މަތިންދާބޯޓު އެނބުރި ނިއުޔޯކަށް ދާނެ ކަން ކެޕްޓަން އިއުލާނުކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކެޕްޓަން ވަނީ ޔޫޓާންގެ ސަބަބެއްގެ ގޮތުގައި "ޓެކްނިކަލް މައްސަލައެއް" ގައި ކަމަށް ބުނެފަ އެވެ.
އެނބުރި ޖޯން އެފް ކެނެޑީ އެއާޕޯޓަށް ފުލައިޓް ޖެއްސުމަށްފަހު ގާތްގަނޑަކަށް 16 ގަޑިއިރު ފަހުން އަންގާރަ ދުވަހުގެ ހެނދުނު އެހެން ފްލައިޓެއް ވަނީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް ފަސިންޖަރުން ސީބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އެއާޕޯޓަށް ދިއުމުން އެއެއާލައިނުން އެއްވެސް އެއްޗެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެމެރިކަން އެއާލައިންސްގެ ލައުންޖު ބޭނުންކޮށްގެން ދަރިފުޅަށް ކިރުދޭން ބޭނުންނަމަ 79 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް މަންމައަކަށް އަންގާފައިވެ އެވެ.




