ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާއިން ހުޅުވަން ތައްޔާރުވެއްޖެއެވެ،
ޕެރިސް އައިފިލް ޓަވަރަށް ވުރެ 200 މީޓަރ އުސްކޮށް އިމާރާތްކުރާ ދުނިޔޭގެ އެންމެ އުސް ބްރިޖް ކަމަށްވާ ޗައިނާގެ ހުއާޖިއާންގް ގްރޭންޑް ކެނިޔޮން ބްރިޖް، ހުޅުވަން ނިންމާފައިވަނީ އަންނަ ޖޫން މަހު އެވެ. ހުއާޖިއާންގް ގްރޭންޑް ކެނިޔޯން ބްރިޖުގެ އަގަކީ 216،000،000 ޕައުންޑް ކަމަށް މެޓްރޯއިން ވަނީ ބުނެފަ އެވެ.
ޗައިނާގެ ސިޔާސީ ލީޑަރު ޒަންގް ޝެންގްލިން ވިދާޅުވީ "އާތުސް ކްރެކް" އަށް ފެތުރިފައިވާ މި ޕްރޮޖެކްޓްގެ ސަބަބުން ޗައިނާގެ އިންޖިނިއަރިން ގާބިލްކަން ދައްކުވައިދީ ދުނިޔޭގެ ފެންވަރުގެ ޓޫރިސްޓު މަންޒިލަކަށް ވުމަށް ގުއިޒޫގެ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބްރިޖުގެ ސްޓީލް ޓްރަސްގެ ބަރުދަނުގައި ގާތްގަނޑަކަށް 22،000 މެޓްރިކް ޓަނު ހުރި އިރު، އެއީ ތިން އައިފިލް ޓަވަރާ އެއްވަރުގެ އަދަދެއް ކަމަށް ކަމަށާއި، އަދި ބްރިޖުގެ ގެ ސަބަބުން ދަތުރުގެ ވަގުތު 4 ގަޑިއިރުން އެންމެ 1 ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށް ރިޕޯޓުގައި ވެ އެވެ.




