އޮސްޓްރޭލިއާގެ ބަކަރި ގެންގުޅޭ ފާމް "އެނާ ކްރީކް ސްޓޭޝަން" ގެ ބޮޑުކަމުން އެ ފާމު ވަނީ ދުނިޔޭގެ ސަމާލުކަމަށް އައި ސޯޝަލް މީޑިއާގައި އެ ފާމުގެ މަސައްކަތްތައް ހިންގާ ގޮތާ ގުޅޭގޮތުން ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫއު އަކަށް ވެފައެވެ.
އެނާ ކްރީކް ސްޓޭޝަންގެ ނަމުން ނަން ދީފައިވާ އޮސްޓްރޭލިއާގެ ބަކަރި ގެންގުޅޭ ފާމު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ އެ ފާމު ގައި ހުރި އާދަޔާ ހިލާފު ބައެއް ސިފަ ތަކުގެ ސަބަބުންނެވެ.
އޭގެ ތެރެއިން އެންމެ އާދަޔާ ހިލާފު އެއް ކަމަކީ އެ ފާމުގެ ބޮޑު ކަމެވެ. ބޮދު މިނިގައި 15،746 އަކަ ކިލޯމީޓަރު ހުންނަ މި ފާމަކީ ތަފާތު 49 ގައުމަކަށް ވުރެ ބޮޑު ފާމެކެވެ. މިކަމުގެ ސަބަބުން މި ފާމު ވެފައިވަނީ އަމިއްލަ މީހަކު ހޯލްޑްކުރާ އެންމެ ބޮޑު ޕްރޮޕަޓީ އަށެވެ.
މި ފާމުގެ ދެން އެންމެ ފާހަގަކޮށްލެވޭ އާދަޔާހިލާފު އަނެއް ސިފައަކީ މި ބޮޑު ފާމުގައި މަސައްކަތްކުރާ މީހުންގެ އަދަދެވެ. މި ބޮޑު ދަނޑުގައި މަސައްކަތްކުރަނީ ޖުމްލަ 11 މުވައްޒަފުންނެވެ. އެގޮތުން އެނާ ކްރީކް ސްޓޭޝަންގެ އެންމެ ޝައުގުވެރި ކަމަކީ ދަނޑުގައި ކިތަންމެ މަދު މީހުން މަސައްކަތްކުރިނަމަވެސް، ވާރޭ ނުވެހުމުގެ ވެހުމުގެ ސަބަބުން ގަސްގަހާގެހި ވަރަށް މަދުން ހެދުމެވެ. މި ދަނޑަށް އަހަރަކު ވެހެނީ އެންމެ 20 ސެންޓިމީޓަރުގެ ވާރޭއެވެ. އަދި ދަނޑުގެ ފިނިހޫނުމިން 55 ސެލްސިއަސް އެރި ނަމަވެސް ދަނޑުގައި 17،000 ބަކަރި އައި ގެންގުޅެއެވެ.
ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ މި ފާމުގެ ފެން ޕަމްޕްތައް ރިމޯޓްކޮށް ހިންގަނީވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ބަކަރިތައް ބެލެހެއްޓުމަށް ބޭނުންކުރަނީ ލޯ ފްލައިން މަތިންދާބޯޓުތަކެވެ.
1858 ވަނަ އަހަރު އެ ފާމް އުފެދުނު ފަހުން އެތައް ފަހަރެއްގެ މަތިން އެ ތަނުގެ މިލްކުވެރިކަން ބަދަލުވެފައިވާއިރު، ވިލިއަމްސް ކެޓަލް ކުންފުނިން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެފާމު ގަނެފައިވަނީ 16 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.




