ދިރިހުރި ކޮލޯސަލް ބޯވާދިލަ މަހެއްގެ ސައިންސްވެރިންނަށް ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.
ކަނޑުގެ އާ ދިރުންތައް ހޯދުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ސައިންޓިފިކް ކޯލަބްރޭޝަނެއް ކަމަށްވާ އޯޝަން ސެންސަސް ސައުތު ސޭންޑްވިޗް އައިލެންޑްސް ކައިރީގައި ކުރިއަށް ގެންދިޔަ 35 ދުވަހުގެ އެކްސްޕެޑިޝަނެއްގެ ތެރެއިން އެ ބޯވާދިލަ މަހުގެ ވީޑިއޯ ނަގާފައިވަނީ މާޗް މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ގާތްގަނޑަކަށް 600 މީޓަރު (1968 ފޫޓު) އަޑިން މި ވީޑިއޯ ނަގާފައިވަނީ "ފަލްކޯރު (ވެސް)" ނަމަކަށް ކިޔާ ރިސާޗް އުޅަނދެއްގައި ކަނޑުގެ އަޑި ވީޑޮއޯ ކުރުމަށް އޮޕަރޭޓްކުރާ ސުބާސްޓިއަން ނަމަކަށް ކިޔާ ރިމޯޓްކޮށް އޮޕަރޭޓްކުރާ ސަބްމެރީން އުޅަނދަކުންނެވެ.
އެންޓާޓިކާގެ ކަނޑުގެ އަޑީގައި ދިރިއުޅެމުން އަންނަ މި ބާވަތުގެ ބޯވާދިލަ މަސް އެންމެ ފުރަމަތަަމަ ފެނިފައިވަވަނީ މީގެ 100 އަހަރު ކުރިންނެވެ. އޭގެ ކުރިން އެ ބާވަތުގެ މަސް އޫޅެކަން ހޯދިފައެއް ނުވެއެވެ. އަދި މިހާތަނަށް މި ބާވަތުގެ މަހެއް ދިރިހުއްޓައި ފެނިފައިވާ މީ ފުރަތަމަ ފަހަރު އެވެ.
މީގެ ކުރިން މިބާވަތުގެ މަރުވެފައިވާ މަސް ކަނޑުގެ އައްސޭރިފަށުން މަސްވެރިންނަށް ފެނިފައިވެއެވެ. އަދި ވޭލާއި ސީބާޑްގެ ބަނޑުންވެސް މަރުވެފައިވާ ޗޫޑް-އަޕް ކޮލޯސަލް ސްކުއިޑް ސައިންސްވެރިން ނަށް ފެނިފައިވެއެވެ.
ސައިންސް ވެރިން ބުނެފައިވަނީ މި ބާވަތުގެ ޓްރާންސްޕޭރަންޓް ބޯވާދިލަ މަހަކީ 23 ފޫޓަށް ބޮޑުވާ މަހެއް ކަމަށާއި ބަރުދަނުގައި 503 ކިލޯ ހުންނާނެ ކަމަށެވެ.
ކޮލޯސަލް ސްކުއިޑްސް އަކީ އެހެން ގޮތްގޮތުން ވެސް ތަފާތު މަހެކެވެ. އެގޮތުން އެ މަހުގައި ދެ ޓެންޓަކަލުގައި ވެސް ހުކުތައް ހުންނައިރު، އެ ހުކުތައް ޝިކާރަ ކުރުމަށްޓަކއި 360 ޑިގްރީ އަށް ރޮޓޭޓްކޮށް ހަދައެވެ. އަދި މި ސްކުއިޑްގެ ލޮލަކީ މިހާތަނަށް މިފަދަ މަހުލޫގެއްގައި ހުރި އެންމެ ބޮޑު ލޯކަމަށްވެސް ސައިންސްވެރިން ބުނެފައި ވެއެވެ.




