ޖަޕާނު މީހަކު އޭނާގެ ބައްޕަ މަރުވުމުންވެސް، ޕެންޝަން ފައިސާ ނެގުމަށްޓަކައި، 2 އަހަރުވަންދެން ބައްޕަގެ ހަށިގަނޑު ފޮރުވައިގެން ގެންގުޅެފި އެވެ.
ފުޖީ ނިއުސް ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ސިއްރު ހާމަވީ ޓޯކިޔޯގައި ހުންނަ އޭނާގެ ޗައިނީސް ރެސްޓޯރެންޓް ހަފުތާއެއްވަންދެން ނުހުޅުވުމުން އަވަށްޓެރިންތަކެއް ފުލުހުންނާ ގުޅުމުންނެވެ. ފުލުހުންނަށް ކުރި ރިޕޯޓާ ގުޅިގެން އޭނާގެ ގެ ބެލިއިރު ފުލުހުންނަށް ފެނުނީ އޭނާގެ ބައްޕަގެ ހަށިގަނޑު އަލަމާރިއެއްގެ ތެރެއަށް ލާފައިވަނީކޮށެވެ. އެކަމާގުޅިގެން އޭނާ ބުނެފައިވަނީ އޭނާ އެކަން އެހެންކުރީ ފިއުނަރަލް ކަންކަމަށް ދާ ޚަރަދު ބޮޑުކަމުން ކަމަށާއި ކޮންމެ މަހަކުވެސް އޭނާގެ ބައްޕަގެ ޕެންޝަން ފައިސާ ނަގަމުން ދިޔަ ކަމަށެވެ.
ނޮބުހިކޯ ސުޒުކީ ނެތުމަކީ އޭނާ ދަންނަ މީހުންނަށް ކަންބޮޑުވުމެކެވެ. އެހެންވެ ފުލުހުންނަށް އެކަން އެންގި އެވެ. އޮފިސަރުން އޭނާގެ ގެއަށް ދިޔައިރު އަލަމާރިތެރެއިން ފެނުނީ އޭނާގެ ބައްޕަގެ ކަށިގަނޑެވެ. އެކަމާ ސުވާލު ކުރުމުން ސުޒުކީ ބުނީ އޭނާގެ ބައްޕަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އުމުރުން 86 އަހަރުގައި ނިޔާވުމުން ޖަނާޒާއަށް ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން އޭނާގެ ބައްޕަގެ ހަށިގަނޑު ފޮރުވަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލާގައި ސުޒުކީ ހައްޔަރުކޮށް އޭނާގެ މަރުވެފައިވާ ބައްޕަގެ ޕެންޝަނަށް ޚިޔާނާތްތެރިވި ކަމުގެ ކުށުގެ ތަހުގީގު މިހާރު ދަނީ އޭނާގެ މައްޗަށް ކުރަމުންނެވެ.
މިއީ ޖަޕާނުގައި ޕެންޝަނަށް ޚިޔާނާތްތެރިވި ފުރަތަމަ މައްސަލައެއް ނޫނެވެ. އުމުރުން 56 އަހަރުގެ ފިރިހެނަކު 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އޭނާގެ މަންމަގެ ޕެންޝަން ލިބުން ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ މަންމަގެ ހަށިގަނޑު ފޮރުބވައިގެން ގެންގުޅެފައިވެއެވެ.
ޖަޕާނުގެ ޖަނާޒާގެ ހިދުމަތްދޭ ސެން ހޯލްޑިންގްސް އިންކްގެ ސާވޭއަކުން ދައްކާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ޖަނާޒާއަކަށް ގާތްގަނޑަކަށް 1.3 މިލިއަން ޔެން (8،900 ޑޮލަރު) ހަރަދުވެ އެވެ.




