ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ހުއްދަ ނުހޯދައި ޓޫރިސްޓުން ގެންދިއުމުން ސޮނޭވާފުށި ޖޫރިމަނާކޮށްފި

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ، ޓޫރިސްޓުންނާ އެކު ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާތީ ސޮނެވާފުށި ރިސޯޓް 44،8375 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންބަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ސޮނެވާފުށީގެ މުވައްޒަފުންތަކެއް، މިދިޔަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހު، ހިމާޔަތްކޮށފައިވާ ޓޫރިސްޓުންނާއެކު 10 މީހަކު ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 6:00 ގެ ފަހުން ގަވާއިދާ ހިލާފަށް ވަދެ، އެތަނުގައި ގަވާއިދާ ހިލާފު ކަންތައްތަކެއްކޮށްފައިވާ ކަމަށެވެ.

ނެލިވަރު ސަރަޙައްދަކީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދައާއި ނުލައި ވަނުން މަނާކޮށް ހިމާޔަތްކޮސްފައިވާ ސަރަހައްދެކެވެ. ނަމަވެސް އީޕީއޭ އިން ބުނީ އެދުވަހު ސޮނޭވާ ފުށީގެ މުވައްޒަފުންނާއި ޓޫރިސްޓުން އެ ސަރަހައްދަށް ވަނީ ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހޯދުމެއް ނެތި ކަމަށެވެ. އަދި އެޗްޕީއޭ އިން ބުނެފައިވަނީ އެ މީހުން އެ ރަށަށް އަރައި ގަވާއިދާ ހިލާފަށްކޮށްފައިވާ ކަންކަމުގެ ތެރޭގައި އަލިވާގޮތަށް ރޭގަނޑު އެ ސަރަޙައްދު ދިއްލުމާއި، ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާފަދައިން ޢަމަލު ކުރުމާއި އަލިފާން ރޯކުރުން ހިމެނޭ ކަމަށެވެ.

އެހެންކަމުން އެ މައުލޫމާތު ލިބިގެން ބަޔޯސްފިއާ ރިޒާވް އޮފީހުގެ އޮފިޝަލުންނާއި ފުލުހުން ޑިސެމްބަރު 18 ގައި ނެލިވަރަށް ގޮސް، ސޮނެވާފުށީގެ ޓީމު އެ ސަރަޙައްދު ދޫކޮށްދިޔުމަށް އެންގި އެންގުމަށް ވެސް ތަބާވެފައި ނުވާ ކަމަށާއި، އަދި އެ މީހުން ސަރަޙައްދު ދޫކޮށް ދިޔައީ އެ ސަރަޙައްދުގައި ކުރިޔަށް ގެންދިޔުމަށް ރޭވި ކަންކަންކޮށް ނިންމުމަށް ފަހުގައި ކަމަށްވެސް އީޕީއޭ އިން ބުނެއެވެ.

އެހެންކަމުން ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ، އަދި އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނާ ހިލާފުވެފައިވާތީ 44،8375 ރުފިޔާ އިން އެ ރިސޯޓް ވަނީ ޖޫރިމަނާކޮށް އެ ފައިސާގެ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށް އަންގާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޙިމާޔާތްކޮށްފައިވަނީ ކޮން ގައުމަކަށް ނިސްބަތްވާ ޓޫރިސްޓުންކަން އަދި އެ ޓޫރިސްޓުން ޙިމާޔާތްކުރީ ކޮން އިދާރާއަކުންކަން ސާފުކޮށްދީފާނަންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *