އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަމޭތީގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން ތަންދޫރީ ރޯޓީ ފުރަތަމަ ލިބެންޖެހޭ މީހަކާމެދު އުފެދުނު ހަމަނުޖެހުމެއްގައި 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނެއް މަރުވެއްޖެ އެވެ.
މިކަން ހިނގަންދިމާވީ ކައިވެނި ހަފްލާގައި ބަހައްޓާފައި ހުރި ތަންދޫރީ ރޯޓީ ފުރަތަމަ ލިބޭނީ ކާކަށް ކަމާމެދު އުފެދު ހިޔާލު ތަފާތުވުމުގެ ތެރެއިން އެކަކު އަނެކަކަށް ރޮޑަކުން ހަމަލާ ދިނުމުންނެވެ.
ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ދެބެންގެ ދެދަރި ދެމީހުން ކަމުގައިވާ އުމުރުން 18 އަހަރުގެ ރަވީ ކުމާރާއި، އުމުރުން 17 އަހަރުގެ އަކާ ކައްލޫ ކިޔާ ދެ ޒުވާނުންނެވެ.
މީގެ ތެރެއިން 17 އަހަރުގެ ކުޑަކުއްޖާ ވަނީ ވަގުތުން މަރުވެފައެވެ. އަދި 18 އަހަރުގެ ޒުވާނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދަނިކޮށެވެ.




