ނިއުޒިލެންޑްގައި ދިރިއުޅޭ އިންސާނުންގެ އާބާދީއާ އަޅާބަލާއިރު ނިއުޒީލެންޑްގައި ދިރިއުޅޭ ކަންބަޅީގެ އާބާދީ މާ ބޮޑެވެ. އެ ވާހަކައަކީ އެގައުމާ ބެހޭގޮތުން ޒަމާނުންސުރެ ޖޯކެއްގެ ގޮތުގައި ވެސް ދައްކައި އުޅޭ ވާހަކައެކެވެ.
ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންސާނުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. އެގައުމުގައި މިހާރުވެސް 23.6 މިލިއަން ކަންބަޅި ދިރިއުޅޭ އިރު އެގައުމުގެ އިންސާނުންގެ އާބާދީއަކީ އަކީ 5.3 މިލިއަނެވެ. އެހެންކަމުން ނިއުޒީލެންޑުގެ ކޮންމެ ރައްޔިތަކަށް ގާތްގަނޑަކަށް 4.5 ކަންބަޅި ޖެހެއެވެ. 1982 ވަނަ އަހަރު އެ ގައުމުގައި ބޮލަކަށް 22 ކަންބަޅި ޖެއެވެ.

ނިއުޒިލޭންޑަކީ އިނގިރޭސިވިލާތާ ގާތްގަނޑަކަށް އެއްސައިޒެއްގެ ގައުމެކެވެ. ނަމަވެސް އެޤައުމުގެ އާބާދީއަށްވިރެ އިނގިރޭސި ވިލާތުގެ އާބާދީ މަދުވުމުން އެޤައުމުގެ ބިން ބޭނުންކުރަނީ ކަންބަޅި ގެންގުޅުމަށަށެވެ. މިގޮތުން 150 އަހަރު ވަންދެން އެޤައުމުގެ އިޤްތިޞާދުގެ މައިގަނޑު މަސައްކަތަކީ ކަންބަޅި ގެންގުޅުމެބެ. މިގޮތުން އިންޑަސްޓްރިއަލް ބޭނުންތަކަށާއި ދަނޑުވެރިކަމުގެ ގޮތުގައި ނިއުޒިލޭންޑްގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ކަންބަޅި ގެންގުޅެއެވެ. 1982 ވަނަ އެ ގައުމުގައި 70 މިލިއަނަށްވުރެ ގިނަ ކަންބަޅި ގެންގުޅުނު ކަމަށްވެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އެ ގައުމު މީގެ ކުރިން މާކެޓް ކޮށްފައިވަނީވެސް ފެހި ކުލައިގެ ދަނޑުތަކުގައި އުޅޭ ކަންބަޅި ތަކުގެ ފޮޓޯތަކުންނެވެ.




