Ad

ހިތްހެޔޮ ދިވެހިރާއްޖެ: ލިސްޓުގެ ހަތަރުވަނާގައި

އެންމެ ހިތް ހެޔޮ މީހުން އުޅޭ ގައުމުތަކުގެ ލިސްޓެއްގެ ގަދަ 5 އިން ރާއްޖެ ޖާގަ ހޯދައިފި އެވެ.

ރާއްޖެއިން ގަދަ 5 ގެ ޖާގަ ކަށަވަރުކޮށްފައިވަނީ ދަތުރުވެރިންނަށް ހާއްސަ މަޖައްލާއެއް ކަމުގައިވާ ކޮންޑޭ ނަސްޓް ޓްރެވެލާގެ ރީޑާސް ޗޮއިސް އިން ނެވެ.

ކޮންޑޭ ނަސްޓް އިން މީގެ 4 ދުވަސް ކުރިން އެކުލަވާލި މި ލިސްޓުން ރާއްޖެ ވަނީ 4 ވަނަ ހޯދާފަ އެވެ. މި ލިސްޓުގެ 4 ވަނަ އަށް ރާއްޖެ ހޮވިފައިވަނީ 93.50 ގެ މާކްސް  ލިބިގެން ނެވެ. އެ މަޖައްލާއިން ލިސްޓު ތަރުތީބު ކޮށްފައިވަނީ ކޮންޑޭ ނެސްޓާގެ ކިޔުންތެރިންގެ މެދުގައި ވޯޓަށް އަހައިގެން ނެވެ. ކިޔުންތެެރިން ދަތުރުކޮށްފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު މެހެމާންދާރީއެއް އަދާކުރި ގައުމުތައް ގިންތިކޮށްފައި ވެއެވެ.

މަޖައްލާއިން ބުނީ ރާއްޖޭގެ ހުދު ދޮންވެލިގަނޑާއި ނޫ ކަނޑުތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ވަރަށް ރަނގަޅު މެހެމާންދާރީއެއް ފޯރުކޮށްދޭ ކަމަށެވެ. ލަގްޒަރީ ހޮޓެލްތަކާއި މުރަކައިން މުއްސަނދި ފަރުތަކުގެ ތެރޭގައި އަޅާފައި ހުންނަ ވޯޓާ ވިލާތަކުގެ ވާހަކަ މަޖައްލާއިން ފާހަގަކޮށްފައި ވެއެވެ. އެއާއެކު، ރާއްޖެއަކީ ހަނީމޫން ދަތުރުތަކަށް މަގްބޫޒު މަންޒިލަކަށްވުމުގެ އިތުރުން ދަރިން ގޮވައިގެން ޗުއްޓީ ހޭދަކުރުމަށްވެސް އެކަށޭނަ ތަނެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. އެގޮތުން، ކުޑަކުދިންނާއި ގުޅޭ ގޮތަށް ހަދާފައިވާ ރާއްޖޭގެ ރިޒޯތްތަކަކީ އާއިލާއާއިއެކު ޗުއްޓީ ހޭދަކުރަން ތަފާތު މަންޒިލެއް ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *