Ad
ރޫޓް ފިހާރާގެ ފައިސާތައް ފޭރެން އުޅުނު މީޙުން. ފޮޓޯ: ޕޮލިސް
ރޫޓް ފިހާރާގެ ފައިސާތައް ފޭރެން އުޅުނު މީޙުން. ފޮޓޯ: ޕޮލިސް

ރޫޓް ފިހާރައިގެ ފައިސާތައް ފޭރެން އުޅުނު މީހުންގެ ވަނަވަރު ޢާއްމުކޮށްފި

ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ޢާއްމުކޮށްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި 4 މީހުން ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރާއި، 27 އަހަރާއި ދެމެދުގެ ދިވެހި 4 ފިރިހެނުންނެވެ.

އެހަތަރު މީހުންނަކީ، ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި، ގއ.ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި، ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި، ލ. ގަން، ތުނޑި. ކީމިޔާގެ،  ޢަބްދުﷲ ރާޝިދު (27އ) އެވެ.

ފުލުހުން ބުނީ، މި މީހުންނަކީ ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށެވެ.

އަދި މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުންގެ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *