Ad

ގެއްލުމުގެ ބަދަލު ފައިސާ ބޭނުންކުރަނީ ގެއްލުން ފޫބައްދަން

ފަރުތަކާއި ގިރިތަކަށް ލިބޭ ގެއްލުންތަކުގެ ބަދަލުގައި ނަގާ ޖޫރިމަނާގެ ފައިސާ ބޭނުން ކުރަނީ އެތަންތަނަށް ލިބުނު ގެއްލުން ފޫބެއްދުމަށްކަމަށް އެންވާރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝުޖާއު ކުރެއްވި ސުވާލުގައި ވަނީ ނިމިދިޔަ ސަރުކާރުގައި ވަރަށް ގިނަ ފަރުތަކަށާއި ގިރިތަކަށް ގެއްލުންވި ވާހަކަ ހަބަރުތަކުން ފެނުނުކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސަރަހައްދުތަކަށް ގެއްލުން ލިބުމުން ފަރަށް އެރި އުޅަނދު ޖޫރިމަނާކޮށްގެން ކިހާ ފައިސާއެއް ހޯދިފައިވޭތޯ ޝުޖާއު ވަނީ ސުވާލު ކުރައްވާފަ އެވެ.

ޠާރިޤު ވިދާޅުވީ ބޯޓު ފަހަރު ފަރަށް އެރުމުން ލިބޭ ގެއްލުމާއެކު ދެން ހިނގަނީ ވަރަށް ދިގު ޕްރޮސެސްއެއް ކަމަށެވެ. މި ޕްރޮސެސްއަށް ފަހު ޖޫރިމަނާ ކުރެވުނު ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާފައިވެސް އެބަ ހުރިކަމަށް ޠާރިޤު ވަނީ ވިދާޅުވެފަ އެވެ. އަދި މި ފައިސާ މިހާރު ބޭނުން ކުރަމުން ދަނީ ވަކި ފަންޑެއްގެ ތެރެއިންކަމަށް ޠާރިޤު ވިދާޅުވި އެވެ.

އެ ފައިސާ މިހާރު ވަކި ފަންޑެއްގަ ބޭނުންކޮށްގެން، އެ ފަންޑުން ފައިސާ މި ބޭނުން ކުރަނީ ހަލާކުވި ތަންތަން އިތުރަށް އާލާ ކުރުމަށް، މުރަކަ އިންދުމަށް. އެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަ ދޭ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރުތަކަށް ގެއްލުންވާ މައްސަލައިގައި ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރި ނަމަވެސް ޖޫރިމަނާ ނުދައްކާ އެތަށް ފަރާތެއްވެސް އެބަ ހުއްޓެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ބޭނުމުގެ ސަބަބުން ހިފަހައްޓާ އުޅަނދުތައްވެސް ޖޫރިމަނާ ކުރުމުް ޖޫރިމަނާ ނުދައްކާ މައްސަލަ ދޭތެރެއަކުން ފެންމަތިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *