އިންޑިއާއިން ފުރައިގެން 242 މީހުންނާއެކު އިނގިރޭސިވިލާތަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
އިންޑިއަން އެއާލައިނުން ބުނީ އަހްމަދުއާބާދުއިން ލަންޑަން ގެޓްވިކަށް ދަތުރުކުރަމުން ދިޔަ ފްލައިޓް އޭއައި171 ވެއްޓުނު ހާދިސާއާއިގުޅޭ ތަފްސީލްތައް އެއްކުރަމުންދާ ކަމަށާއި، ވީހާވެސް އަވަހަކަށް އިތުރު އަޕްޑޭޓްތައް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ބޯޓު ވެއްޓުނުއިރު، 230 ފަސިންޖަރުންނާއި ދެ ޕައިލެޓުގެ އިތުރުން 10 ކެބިން ކްރޫއިން ބޯޓުގައި ތިބި ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުގެ ޑިރެކްޓެރޭޓު ޖެނެރަލްއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވެ އެވެ. އޭގެތެރެއިން އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަދި ނޭނގެ އެވެ.
އެ އެއާލައިނުން ބުނީ ބޯއިން 787-8 މަރުކާގެ މަތިންދާ އޭއައި-171 ވެއްޓުނީ އަހްމަދުއާބާދުގެ އެއާޕޯޓު ކައިރީގައި އޮންނަ މީހުން ދިރިއުޅޭ އަވަށަކަށް މެންދުރު ފަހު 1:38 ގައި ފުރިތާ 5 މިނެޓު ފަހުން ކަމަށެވެ.
އެއާ އިންޑިއާ އިން ބުނި ގޮތުގައި ބޮއިން މަތިންދާ ބޯޓުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 242 މީހުން ދަތުރުކުރި އެވެ. ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 169 މީހަކާއި އިނގިރޭސިވިލާތުގެ 53 މީހަކާއި ކެނެޑާގެ މީހަކާއި ޕޯޗުގަލްގެ 7 މީހެކެވެ.




