މެދުއިރުމަތީގެ ސިންގާ އަކީ ކޮންބައެއްކަން ދުނިޔެއަށް ދެން އިނގިގެންދާނެކަމަށް އިރާނުގެ އަސްކަރީޔާއިން ބުނެފިއެވެ.
އިރާނުގެ ނިއުކުލިއަރ މަރުކަޒްތަކަށް އިސްރާއިލުން ދިން ހަމަލާތަކާ ގުޅިގެން އިރާނުގެ އަސްކަރިއްޔާއިން އީރާނުގެ ޓީވީ ޗެނަލްތަކުން ވަނީ ކަޅު ކުލައިގެ ރިބަންގެ ބަދަލުގައި ގައުމީ ދިދަ ގެނެސްދީފައެވެ. އަދި ހިތާމައިގެ ނިމުން އަތުވެއްޖެ – ޝަރަފުވެރިކަމާ ދިމާލަށް ދަތުރު ފަށަނީ ކަމަށް ބުނެފައިވާ ޝިއާރެއް ވަނީ ދައްކާފައެވެ.
މީގެ އިތުރުން އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ވަނީ އިރާނުގެ ސްޕްރީމް ލީޑަރ އެގައުމުގެ އަސްކަރީޔާއަށް ބަދަލުހިފުމަށް ތައްޔާރުވުމަށް އަންގާފައިކަމަށްވެސް ބުނެފައެވެ.
އެއަށްފަހު އީރާނުންވަނީ 100 ވަރަކަށް ޑްރޯން އިޒްރޭލާ ދިމާލަށް އީރާނުން ފޮނުވާލާފައިވާ ކަމަށާއި އެ ޑްރޯންތައް އިންޓަސެޕްޓުކޮށް ވައްޓާލުމުގެ މަސައްކަތް މިހާރު އިޒްރޭލުން ކުރަމުންދާ ކަމަށް އިސްރާއީލުން ބުނެއެވެ.
އީރާނުން ބުނި ގޮތުގައި ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ދިން ހަމަލާތަކަށް ފަހު ރޭޑިއޭޝަން ލީކުވުން ފަދަ އެއްވެސް ކަމެއްގެ ނިޝާނެއް އަދި ފެނިފައިނުވާ ކަމަށެވެ.
އިޒްރޭގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހަމަލާދިނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ހިތައް ކަމަށާއި، އީރާނަކީ އިޒްރޭލު ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށާއި އެ ނުރައްކާ ނައްތާލެވެންދެން، އިސްރާއިޅުން ހަމަލާދޭނެ ކަމަށެވެ.




