ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ޕޯޗްގަލްގެ ފޯވާޑް ޑިއެގޯ ޖޮޓާ މަރުވެއްޖެ

ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން ޑިއޯގޯ ޖޮޓާ، މަރުވެއްޖެއެވެ.

މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ވެސް ކާރުގައި އިނެވެ. އޭނާވެސް މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ. ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި އެކްސިޑެންޓް ވުމާއެކު ކާރުގައި އަލިފާން ރޯވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖޮޓާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިންނެވެ.

2020 ވަނަ އަހަރު ލިވަޕޫލަށް ޖޮޓާ ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޮޓާ ވަނީ އެ ޓީމަށް 182 މެޗުން 65 ލަނޑު ޖަހައިދީ 26 ލަނޑު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އޭނާއަކީ ޕޯޗްގަލްގެ ޤައުމީ ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ. އެންމެފަހު ޕޯޗްގަލްއިން ކާމިޔާބުކުރި ނެޝެނަލް ލީގުގައި ފައިނަލްގައިވެސް އޭނާ ކުޅުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *