Ad

ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހެޅުން ނޮވެމްބަރ 9 ގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮނުއްވާފައިވާ ކަމަށެވެ.

ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ބަޖެޓް ހުށަހެޅުމާއެކު ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ. ބަޖެޓް ދިރާސާކުރުމުގެ މަސައްކަތްކުރަނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިޞާދީ ކޮމިޓީ ގުޅިގެންނެވެ.

ބަޖެޓަށް ބަހުސްކުރަން މަޖިލީހުގެ ތަޅުމުގައި ފަށާނީ 7 ދުވަސް ފަހުންނެވެ. އެހެންކަމުން ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހު ބަޖެޓަށް ބަހުސްކުރުމަށް މަޖިލީހުގައި ފަށާނެ އެވެ. ރައީސް ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ ފުރުސަތެއް ކޮންމެ މެމްބަރަކަށްވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ބަޖެޓްގެ މަސައްކަތް ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ނިންމާލެވޭވަރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ ނޮވެމްބަރ މަސް ނިމެންދެންނެވެ.

އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *