Ad

ޕްރިންސް ވިލިއަމް މިއަހަރުގެ އޭޕްރީލް މަހު ކޮވިޑް-19 އަށް ފަރުވާހޯއްދެވި

ޕްރިންސް ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗަރލްސް މިއަހަރުގެ އޭޕްރީލް މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ޕްރިންސް ވިލިއަމްވެސް ވައިރަސް އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވާފައިވާ ކަމަށް ދަ ސަން އިން ބުނެފި އެވެ.

ދަ ސަން އިން ބުނެފައިވާ ގޮތުގައި ވިލިއަމް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިނުވަނީ އެކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ގޮސްފާނެތީއެވެ.

" އެއަށްވުރެ މާ މުހިންމު ކަންކަން ހިނގަމުންދިޔައީ. އެހެންވީމާ އެއްވެސް ރައްޔިތަކު ހާސްވެ ކަންބޮޑުވާ ކަމެއް ކުރާކަށް ބޭނުމެއް ނޫން." ވިލިއަމް ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އަށް ވިލިއަމް ޕޮޒިޓިވްވުމާއި ގުޅިގެން ފަރުވާދެއްވީ ބަކިންގހަމް ޕެލަސްގެ ޑޮކްޓަރުން ކަމަށާއި ފަހުން އަމިއްލަފުޅަށް އައިސޮލޭޓްވެ ވަޑައިގަންނަވާފައިވާ ކަމަށް ވިލިއަމް ވިދާޅުވިއެވެ. ދަ ސަން އިން ބުނެފައިވާ ގޮތުގައި ވިލިއަމް އަށް ވަރަށް ބޮޑަށް ކޮވިޑް-19 ޖެހުނެވެ. ވަކި ހިސާބަކުން ނޭވާފުޅުލާންވެސް އުނދަގޫވި ކަމަށް ދަ ސަން އިން ރިޕޯޓްކޮށްފައިވެ އެވެ.

ބީބީސީން ވެސް ވަނީ މިޚަބަރު ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ވަކި ބަހެއް އަދި ބަކިންގހަމް ޕެލަސް އިން ބުނެފައެއްނުވެ އެވެ. ޕްރިންސް ޗަރލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މަރޗް މަހުގެ 25 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގައި މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ އެއް ގައުމެވެ. އެގައުމުގައި މިހާތަނަށް އައިއިރު 46،717 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *