Ad
ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު
ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު

ގެއްލިގެން ހޯދި އަންހެން މީހާ ރަހީނުކޮށް، ފައިސާ އަތުލި މައްސަލަ ތަހުޤީގުކުރަން ފަށައިފި

ގެއްލުނު އަންހެން މީހާ ރަހީނުކޮށް، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލަ ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ގެއްލިގެން ހޯދީ، ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރެވެ. ހޮނިހިރު ދުވަހުގެ 13:30 އިން ފެށިގެން ޝިރުމީނާއަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓްކުރީ، އެދުވަހުގެ ރޭގަނޑު 22:45 ގައެވެ. އަދި އެކަން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ޝިރުމީނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާ އަމިއްލައަށް ގެއަށް ދިޔައީ، މިއަދު ހެނދުނު 8:45 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، ބަޔަކު އޭނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލި ކަމަށް ބެލެވިފައިވާތީ، އެމައްސަލަ މިހާރު ތަޙްޤީޤް ކުރަމުންދާ ކަމަށެވެ.

އަދި އޭނާ ޑޮކްޓަރަށް ދައްކާ ފަރުވާދިނުމުގެ ކަންކަން ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *