Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މިއަދު ނެގި 1،318 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 36 މީހުން

ރާއްޖެއިން މިއަދު ނެގި 1،318 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ގްރޭޓަރ މާލެ ސަރަހައްދުން 31 މީހުން ޕޮޒިޓިވްވިއިރު، ރަށްރަށުން 5 މީހުން ޕޮޒިޓީވްވި ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި 21 ދިވެހިންނާއި، 15 ބިދޭސީން ހިމެނޭ ކަމަށްވެސް އެޗް.ޕީ.އޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ، 11،737 އަށް އިތުރުވެފައެވެ. މީގެތެރެއިން ބައްޔަށް ފަރުވާކުރަނީ،  776 މީހުންނަށެވެ. އަދި މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ، 55 މީހުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 10،916 މީހުންވަނީ ބަލިން ރަގަޅުވެފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 38 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *