އެމެރިކާގެ އެލަސްކާއަށް 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައައުމާގުޅިގެން ސްނާމީގެ އިންޒާރު ނެރެފިއެވެ.
މި ބިންހެލުން އައިސްފައިވަނީ ގެ ދެކުނުން 87 ކިލޯމީޓަރު ދުރުގައި ބިމުގެ 20.1 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމާ ގުޅިގެން ދެކުނު އަލަސްކާ އާއި އެލަސްކާ ޕެނިންސިއުލާއަށް ސުނާމީގެ އިންޒާރު ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިއުލާނުކޮށްފައިވާ ކަމަށް ނިއުސް އެޖެންސީ އޭއެފްޕީން ބުނެއެވެ.
އެލަސްކާގެ ޕާމާގައި ހުންނަ ނޭޝަނަލް ސުނާމީ ވޯނިން ސެންޓަރުން ބުނީ ސުނާމީއެއް އަންނާނެކަން ކަށަވަރުވެފައިވާ ކަމަށާއި އޭގެ ސަބަބުން ބައެއް އަސަރުތައް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. "ސައުތު އަލަސްކާ އާއި އަލަސްކާ ޕެނިންސިއުލާ، ކެނެޑީ އެންޓްރަންސް، އަލަސްކާ (ހޯމަރުގެ ހުޅަނގު ދެކުނުން 40 މޭލު) އިން ފެށިގެން އެލަސްކާގެ އުނިމަކް ޕާސް (އުނަލަސްކާގެ އިރު އުތުރުން 80 މޭލު) ޕެސިފިކް ގެ ގޮނޑުދޮށްތައް ކަވަރުކުރާ" ކަމަށް އެ ސްނާމީ ވޯނިންގ ސެންޓަރުން ބުނެފައިވެއެވެ.
އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ވަނީ ހޯމަރގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 40 މޭލު ބޭރުން ފެށިގެން އުނިމަކް ޕާސްއާ ހަމައަށް ގާތްގަނޑަކަށް 700 މޭލު ހިމެނޭ އަލަސްކާގެ އައްސޭރިފަށުގެ ބޮޑު ބަޔަކަށް އިންޒާރު ނެރެފައެވެ. ގާތްގަނޑަކަށް 5،200 މީހުންގެ އާބާދީއެއް އޮންނަ ލޯކަލް ހަބެއް ކަމަށްވާ ކޮޑިއާކް ގެ އިތުރުން އައްސޭރިފަށުގެ ބައެއް އަވަށްތަކަށް ސްނާމީގެ އަސަރުކުރާނެކަމަށް ބުނެފައިވެއެވެ.
އޭގެ އަސަރު ކުރާނެ ކަމަށް އެންމެ ފުރަތަމަ ލަފާކުރި އެއް ތަނަކީ އެލިއުޓިއަން އައިލެންޑްސްގެ ޕޮޕޯފް އައިލެންޑްގައި ދިރިއުޅޭ ގާތްގަނޑަކަށް 580 މީހުންގެ ކުޑަ ކޮމިއުނިޓީއެއް ކަމަށްވާ ސޭންޑް ޕޮއިންޓެވެ. ކަމާބެހޭ އިދާރާތަކުން ވަގުތުން ރަށްވެހިންނަށް އެލާޓްކޮށް، އުސް ސަރަހައްދުތަކަށް ބަދަލުވުމަށް އިރުޝާދު ވަނީ ދީފައެވެ.
1964 ވަނަ އަހަރުގެ މާޗް މަހު އެ ސްޓޭޓަށް 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިއިރު، މިއީ އުތުރު އެމެރިކާއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުންތަކުގެ ސަބަބުން އެންކަރޭޖް ސިޓީއަށް ވަރަށް ބޮޑަށް އަސަރުކޮށް ސުނާމީއެއް އުފެދި، ގަލްފް އޮފް އެލަސްކާ، އެމެރިކާގެ ހުޅަނގު އައްސޭރިފަށާއި ހަވާއީއަށް ވަނީ އަސަރުކޮށްފައެވެ. މި ކާރިސާގައި 250 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހު އެލަސްކާ ޕެނިންސިއުލާ ކައިރިއަށް 7.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައި ނަމަވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.




