އިންޑިއާގެ ހޮސްޕިޓަލަކަށް ހަތިޔާރާއެކު 5 މީހުންވަދެ މީހަކު މަރާލައިފި

އިންޑިއާގެ ޕަޓްނާގެ ހޮސްޕިޓަލަކަށް ހަތިޔާރާއެކު 5 މީހަކު ވަދެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓްކޮފައި އޮތް މީހަކު މަރާލައިފި އެވެ.

އިންޑިއާގެ ޕަޓްނާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާގެ ބިހާރު ސްޓޭޓްގެ ޕަޓްނާގެ ޕާރަސް އެޗްއެމްއާރްއައި ހޮސްޕިޓަލުގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި ހަތިޔާރު ހިފައިގެން 5 މީހުން ވަދެ ބަޑިޖަހައި މަރާލާފައިވަނީ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ޖަލަށްލާފައިވާ މީހެކެވެ.

ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލްގައި ހިނގި ހާދިސާގައި މަރުވީ ޗަންދަން މިޝްރާ ނަމަކަށް ކިޔާ މީހެއް ކަމަށާއި އެމީހާއަކީ މީހަކު މަރާލި ކަމުގައި ބަންދުކޮށްފައިވާ މީހެއް ނަމަވެސް ސިއްހީ ފަރުވާ އަކަށް އެމީހާ ވަނީ ޕެރޯލްގެ ދަށުން ދޫކޮށްލާފައި ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ ހަތިޔާރާއެކު ހޮސްޕިޓަލަށް ވަދެ ހަމަލާ ދިން މީހުންނަކީ އެ އަވަށުގެ ޕްރޮޕަޓީ ޑިވެލޮޕްމަންޓް ކުންފުންޏަކާ ގުޅުން ހުރި ކޮންސްޓްރަކްޝަން މަސައްކަތްތެރިންގެ ގޮތުގައި ވަނީ ފާހަގަކޮށްފައި ކަމަށާއި، މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ކުރިން ވެސް އެ މީހުން ނަކީ ކުށުގެ އަމަލުތައް ހިންގަމުން ދިޔަ މީހުންކަން އެނގިފައިވާ ކަމަށެވެ.

މި ހާދިސާގައި ހޮސްޕިޓަލުގައި ތިބި އެހެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހޮސްޕިޓަލުން ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއަކުން ފެންނަނީ ހަތިޔާރު އެޅި މީހުން ހޮސްޕިޓަލުގެ ލޮބީއަށް ވަންނަ މަންޒަރެވެ. އޭގެ އިރުކޮޅެއް ފަހުން އެމީހުން ހަތިޔާރު ދޫކޮށްލުމަށްފަހު އެތަނުން ފިލައިގެން ދާތަން ފެނުނެވެ.

ޕަޓްނާގެ އެސްއެސްޕީ ކާރްތިކޭ ކޭ ޝަރުމާ މި ހާދިސާއާ ގުޅިގެން ވާހަކަ ދައްކަމުން ބުނީ ބަކްސާރު ޑިސްޓްރިކްޓްގައި ދިރިއުޅޭ އަދި އޭނާގެ މައްޗަށް މަރުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ޗަންދަން މިޝްރާ ނަމަކަށް ކިޔާ ކުށްވެރިއަކު ބަކްސަރުން ބަގަލްޕޫރު ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި، ނަމަވެސް އެއަށްފަހު ޗަންދަން ހުރީ ޕެރޯލްގެ ދަށުން ސިއްހީ ފަރުވާ ހޯދުމަށް ޕާރަސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ކަމަށާއި، އޭނާގެ ގަޔަށް ބަޑި ޖެހީ ވާދަވެރި ގޭންގަކުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *