ތައިލެންޑާއި ކެމްބޯޑިއާ އިން ބޯޑަރުގެ މައްސަލާގައި ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.
ކެމްބޯޑިއާ ސިފައިން ތައިލެންޑާވީ ފަޅިއަށް ރޮކެޓުހަމަލާ ދޭންފެށުމާއެކު ތައިލެންޑު ސިފައިން ވަނީ ޖެޓްތަކުގައި ގޮސް ކެމްބޯޑިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާދީ ހަމަލާ ދީފައެވެ. ކެމްބޯޑިއާއިން ދިން ރޮކެޓް ހަމަލާތަކުގައި އެ ގައުމުގެ އާމުންގެ 11 މީހަކު މިއަދު މަރުވެފައިވާކަމަށް ތައިލެންޑްުގެ ޕަބްލިކް ހެލްތ7ު މިނިސްޓަރީން ވަނީ ބުނެފައެވެ.
ދެ ގައުމުގެ ބޯޑަރ ހިއްސާކުރާ އެމަރަލްޑް ޓްރައިއެންގަލް ސަރަހައްދު ގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ޒަމާނުންސުރެ އުފެދިފައިވާ މައްސަލާގައި ފަހުކަށް އައިސް މިވަރުގެ ހަމަނުޖެހުމެއ ހިގާފައި ނުވާއިރު މި އަހަރުގެ މެއި މަހު އަސްކަރީ ކުރިމަތިލުމެއް ހިނގާފައިވެއެވެ.
މިއަދުގެ ހަމަނުޖެހުމުގެ ތެރެއިން އިސްވެ ހަމަލާދިނީ ކޮންގައުމެއކަން ސާފު ނުވާއިރު ދެ ގައުމުންވެސް ބުނަމުންދަނީ އިސްވެ ހަމަލާދިނީ އަނެއް ގައުމުން ކަމަށެވެ.
އިސްވެ ހަމަލާ ދިނީ ކެމްބޯޑިއާއިން ކަމަށް ތައިލެންޑުން ބުނާއިރު ކެމްބޯޑިއާ އިން ބުނަނީ ހަމަލާ ދިނީ ތައިލެންޑުން ކަމަށެވެ. މި ދެގައުމުގެ ދެމެދު ހިނަގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން ދެ ގައުމުންވެސް ބޯޑަރ ކައިރިން މީހުން ހުސްކުރުމާއި އަސްކަރީ ރިއިންފޯސްމަންޓްތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.
މީގެ އިތުރުން ތައިލެންޑުގެ ސުރިން ޕްރޮވިންސްގެ ފެނޮމް ޑޮންގް ރަކް ޑިސްޓްރިކްޓްގެ ބޯޑަރު ކައިރީގައި ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާއިރު، ސިސަކެޓާއި ބުރިރާމްގެ ސްކޫލްތައް ބަންދުކޮށްފައިވާ ކަމަށް ވެސް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ކެމްބޯޑިއާއިން ވެސް ވަނީ ހާލުގައި ޖެހުނު ސަރަހައްދުތަކުން ދަރިވަރުންނާއި ޓީޗަރުން ނެރެފައިވާ ކަމަށް ބުނެފަ އެވެ.
މި މައްސަލާގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އަވަށްޓެރި 2 ގައުމުތަކުގެ މެދުގައި ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން ނުތަނަވަސްކަން ކުޑަކުރުމަށް އެދިވަޑައިގެންފަ އެވެ. މެލޭޝިއާގެ ބޮޑުވަޒީރާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ އެންމެ ކުޑަމިނުން 2 ގައުމުން މަޝްވަރާއަށް ނުކުންނަން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.




