ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންދުވަހަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ގެންދަވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަމުންނެވެ. އެމަނިކުފާނު ހުންނަވާ ކުރުނބާ މޯލްޑިވްސްގައި މޯދީ ވަނީ މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދުއާ ބައްދަލުކުރައްވާފަ އެވެ.
"ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް. ނެއިބަހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު،" މޯދީ ދިވެހިބަހުން ލިޔުއްވި އެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ބައްދަލުކޮއްފިން. މުޙައްމަދު ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް.
‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ… pic.twitter.com/zrMz6bv8rN
— Narendra Modi (@narendramodi) July 26, 2025
ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އިންޑިއާއާ ގާތް ގުޅުމެއް ބޭއްވެވިއެވެ.




