ހަނގުރާމަ ހުއްޓާލެކަމަށް ޓްރަމްޕް އިއުލާނުކުރިތާ ވަގުތުކޮޅެއްތެރޭގައި ކެމްބޯޑިއާއި ތައިލެންޑްން ހަމަލާތައް ވަރުގަދަކޮށްފި އެވެ.
ތައިލެންޑާ ކެމްބޯޑިއާއިން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލާނެކަމަށް އެމެރިކާގެ ރައީސް ޑިނާލްޑް ޓްރަމްޕް ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބާރުގަދަ ގޮވުންތަކާއި ރޮކެޓް ހަމަލާތަކާއި ބަޑީގެ ހަމަލާތައް ދެ ގައުމުން ވަރުގަދަކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއަދު ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައިވަނީ ތައިލެންޑްގެ ސުރިން ޕްރޮވިންސްގެ ޓާ ކްވައި ޓެމްޕަލް ކައިރީގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމުންނެވެ. ޓްރަމްޕް ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ހޫން މަނެޓް އާއި ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔަޗައިއާ ވާހަކަ ދައްކަވައި، ހަނގުރާމަ ހުއްޓާލުމުން ވިޔަފާރީގެ އެއްބަސްވުމުގެ ލިޔުންތައް އެ ބޭފުޅުންނަށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އަދި އޮޕަރޭޝަން ސިންދޫރާއި ޕަހަލްގަމް ޓެރަރިސްޓް ހަމަލާއަށް ފަހު މެއި މަހުން ފެށިގެން އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުންތަކާ ވެސް ޓްރަމްޕް ވަނީ ތައިލެންޑް ކެމްބޯޑިއާގެ ހާލަތާ އަޅާކިޔާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ކެމްބޯޑިއާއިން 10،865 އަށް ވުރެ ގިނަ އާއިލާ ބަދަލުވެ، ގާތްގަނޑަކަށް 37،635 މީހުން ވަނީ ބަދަލުކޮށްފަ އެވެ.
ތައިލޭންޑުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކެމްބޯޑިއާ ސިފައިން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތައް ދީފައިވަނީ ސޫރިޔާ ޕްރޮވިންސްގެ ފަނޮމް ޑޮންގް ރަކް ޑިސްޓްރިކްޓްގައި ކަމަށެވެ. އެހެން ރިޕޯޓެއްގައި ބުނެފައި ވަނީ ރޯޔަލް ތައި އެއާފޯސްގެ އެފް-16 އަދި ގްރިޕެން ޖެޓްތަކުން ޓާ ކްވައި ޓެމްޕަލްގައި ހުންނަ ކެމްބޯޑިއާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ އަށް ބޮން އަޅައި، ރައްކާތެރިކަމާއެކު މިޝަން ނިންމައި އެނބުރި ބޭސްއަށް ގޮސްފައިވާ ކަމަށެވެ.
މިއަދު ފަތިހު 4:30 އިން 4:40 އަށް ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އުފެދުނު އިރު، ކެމްބޯޑިއާ ފަޅިން ބާރު ގަދަ ގޮވުމެއްގެ އަޑު އިވި، ސުރިންގެ ތާ ކްވައި ޓެމްޕަލް ކައިރީގައިވަނީ އަލިފާން ރޯވެފައެވެ. ބަޑީގެ ހަމަލާތައް ދެ ފަރާތުގައި ވެސް މަޑުމަޑުން ހިނގަމުން ދިޔަ އެވެ. އަދި ފަތިހު 5:30 ހާއިރު ބީއެމް-21 މަލްޓިޕަލް ރޮކެޓް ލޯންޗާ ހިމެނޭ ކަމަށް ބެލެވޭ ބަރު ހަތިޔާރު ކެމްބޯޑިއާއިން ތައިލެންޑްގެ ސަރަހައްދަށް ފޮނުވާފައިވެސް ވެއެވެ. ތައިލޭންޑުގެ އަދި ހެނދުނު 7:00 އާ ހަމައަށް މެދުކެނޑުމެއްނެތި ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ހާލަތު އަދިވެސް އޮތީ ނުތަނަވަސްވެފައެވެ.




