Advertisement
BML Home 2nd Ad

ބަނގުރާ ގަތުމުގައި އެހީތެރިވެދިނުން

ސުވާލު: މުސްލިމަކަށް ނުވަތަ ޣައިރުމުސްލިމަކަށް ރާ ގަނެދިނުމަށްޓަކައި ފައިސާގެ އެހީވުން އަދި އެފަދަ ތަކެތި އޭނާއަށް ގެނެސްދިނުން، އެތަކެތި ފޯރުކޮށްދިނުމަށްޓަކައި ސަވާރީގައި އެހީތެރިވުން މިކަންކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

الحمد لله
ރާ ނުވަތަ އެނޫންވެސް ފާފައިގެ ތެރޭގައި ހިމެނޭ އެއްޗެއް ގަތުމަށްޓައި މުސްލިމަކަށް ނުވަތަ ކާފިރަކަށް އެހީތެރިވުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ކުރާ މީހަކީ ގެއްލެނިގެންވާ މީހެކެވެ. ފާފަވެރިވާނޭ މީހެކެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ މިފަދަ ކަންކަމަށް އެހީތެރިވުން ނަހީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ﴿ المائدة ٢﴾

މާނައީ: ” އަދި ހެޔޮކަންތައް ކުރުމާއި ބިރުވެތިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރި ނުވާށެވެ”

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ރަލާބެހޭގޮތުން ދިހަ މީހަކަށް ލަޢުނަތް ހުރި ކަމުގައި ޙަދީޘްކުރައްވާފައެވެ.
عن أنس بن مالك قال لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشَرَةً : عَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إلَيْهِ ، وَسَاقِيَهَا ، وَبَائِعَهَا ، وَآكِلَ ثَمَنِهَا ، وَالْمُشْتَرِيَ لَهَا ، وَالْمُشْتَرَاةَ لَهُ – عن أنس بن مالك قال : رواه الترمذي : ( 1259 ) وابن ماجه ( 3381 ) .والحديث : صححه الشيخ الألباني في ” صحيح الترمذي ” رقم ( 1041 ) .

މާނައީ އަނަސް ބިން މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. “ރަލާ ގުޅުންހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘްކުރެއްވިއެވެ. އެއީ ރާ ހަދާ މީހާއަށާއި، ރާ ހަދުވަން އެދޭމީހާއަށާއި، ރާ ބޯމީހާއަށާއި، ރާ އުފުލާ މީހާއަށާއި، ރާ އުފުލުވަން އެދޭމީހާއަށާއި، ރާ ބޯންދޭމީހާއަށާއި، ރާ ވިއްކާ މީހާއަށާއި، ރަލުގެ އަގުގެ ބޭނުންކުރާ މީހާއަށާއި، ރާ ގަނެދޭ މީހާއަށާއި، ރާ ގަނުވަން އެދޭ މީހާއަށެވެ”

ރާބޯމީހާ، ނުވަތަ އެ ބުއިމަށް އެހީތެރިވެދޭ މީހާ އަކީ މި ޙަދީޘްގައި ވާރިދުވެފައިވާ ލަޢުނަތް އެމީހަކަށް ޙައްޤުވެގެންދާނޭ މީހެކެވެ. އެއްވެސް މީހަކަށް ރާ ބުއިމަށްޓަކައި ނުވަތަ އެނޫންވެސް ޙަރާމް ކަމެއް ކުރުމަށްޓަކައި އެހީތެރިވުން ތިބާއަށް ހުއްދަވެގެން ނުވެއެވެ.
والله أعلم .

މަޞްދަރު
https://islamqa.info/ar/9411

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add