މިއުޒިކާއި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށްފައިވާ ދެ ފަންނާނުން، ރީތިކޮށް ލަވަހަދަން ދަސްކޮށްދޭ ކޯހެއް ހިންގަން ތައްޔާރު ވެއްޖެއެވެ.
ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ފަތިސްހަނދުވަރު" ގެ ޑައިރެކްޓަރު އަދި މަޝްހޫރު ގިނަ ލަވަތަކާއި ޅެންތަކެއް ހަދާފައިވާ ކުޅަދާނަ ޝާއިރު އީސާ ޝަރީފް އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރީތިކޮށް ލަވަހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ދަސްކޮށްދިނުމަށްޓަކައި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހައްނާން މޫސާދީދީ ގުޅިގެން ކޯހެއް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
ކޯހުގެ ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 599 ރުފިޔާ އެވެ. އަދި ކޯސް ފަށާނެ ތާރީހެއްކަމަށް މާދަމާ (ޖުލައި 30) ކަމަށް ބުނެފައިވާއިރު ކޯހުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ޕޯސްޓާއެކު ޝެއާކޮސްފައިވާ ގޫގުލް ފޯމު ފުރައިގެން ކޯހުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައިވެއެވެ.
އަދި ގުޅޭނެ ނަމްބަރެއްގެ ގޮތުގައި 9922668 ވެސް އެ ޕޯސްޓަގައި ހިމަނާފައިވެއެވެ.