Ad

ނޮވެމްބަރު 3 ގައި އިންޑިއާއިން ވެދިން އެހީތެރިކަން ދިވެހިން އަބަދުވެސް ހަނދާންކުރާނެ: މިނިސްޓަރު ޝާހިދު

 

ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާ ދިވެހި ޤައުމަށް ކުރިމަތިވި ވަގުތު، އިންޑިޔާއިން ވެދިން މަދަދާއި އެހީތެރިކަމުގެ ހަނދާންތައް ދިވެހިން އަބަދުވެސް އާކުރާނެކަމަށް ފޮރިން މިނިސްޓަރ އަބްުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިއަދަކީ ހަޤީޤީ ރަހުމަތްތެރިކަމުގެ އަގު ވަޒަންކުރާ ދުވަސް ކަމަށާއި، ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާ ދިވެހި ގައުމަށް ކުރިމަތިވި ވަގުތު، އިންޑިޔާއިން ވެދިން މަދަދާއި އެހީތެރިކަމުގެ ހަނދާންތައް ދިވެހިން އަބަދުވެސް އާކުރާނެ ކަމަށެވެ.

އަދި މިއަދު ހަނދާން އާކުރަމުން ދަނީ ދިވެހި ގައުމަށްޓަކައި ޤުރުބާންވެ، ޝަހީދު ވެފައިވާ ދިވެހި ސިފައިންނާއި، ދިވެހި ދަރީންގެ ހަނދާންތައް ކަމަށާއި އަދި މިނިވަންކަމާއި، ޤައުމުގެ އިސްތިޤްލާލަށްޓަކައި ހަނގުރާމަ ކުރި ހިތްވަރުގަދަ ފަހުލަވާނުންގެ ޝަރަފުވެރި ޒިކުރާތައް ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއަދަކީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ދަތިތައް މަތިން ހަނދާން ކުރަންޖެހޭ ދުވަހެއްކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *