Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ރަށްރަށުން ޕޮޒިޓިވްވި 33 މީހުންނާއިއެކު މިއަދު ޖުމްލަ 59 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރަށްރަށުން ޕޮޒިޓިވްވި 33 މީހުންނާއިއެކު މިއަދު ރާއްޖެއިން ޖުމްލަ 59 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 30 ބިދޭސީންނާއި، 29 ދިވެހިން ކަމަށެވެ. އަދި މިއަދު ރަށްރަށުން 33 ކޭސް ފެނިފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުން 26 ކޭސް ފެނިފައިވާ ކަމަށްވެސް އެޗް.ޕީ.އޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ، 11،796 އަށް އަރާފައެވެ.

މިމީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ، 789 މީހުންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ 55 މީހުންނަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 10،962 މީހުން ވަނީ ބަލިން ރަގަޅުވެފައެވެ. އަދި 38 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *