އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެންގޮސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
ޖުލައި 23 ވަނަ ދުވަހު ހިރިޔާ ސްކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ ބޫޓުތަކަކާއި، ޖުލައި 15 ވަނަ ދުވަހު ވީބީ މާޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ދަގަނޑު ހޮޅިއެވެ. އަދި ޖުލައި 25 ވަނަ ދުވަހު އަމީނީމަގު ސިނަމާލެ ފްލެޓް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާވެސް ހިމެނެއެވެ.
މި ތަކެތީގެ ވެރިފަރާތުން 9631696، 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބުނެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.




