ކާފު ގުރައިދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ބުނީ ގުރައިދޫއަށް ދަތުރުކުރަމުން ދިޔަ މި ޑިންގީ ބަންޑުން ޖަހާލީ ކ.ޒަމާނީ އައިލެންޑް ކައިރިއަށް ކަމަށާއި ޑިންގީން ދަތުރުކުރި ތިން މީހުން ފަތާފައި ޒަމާނީ އައިލެންޑަށް އަރާފައިވާކަމަށެވެ. ނަމަވެސް މިހާދިސާ ހިނގިއިރު ޑިންގީން ދަތުރުކުރީ ކިތައް މީހުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މާލެ އަތޮޅު ޕޮލިހާއި، މެރިން ޕޮލިހާއި ރިސޯޓްތަކުގެ ލޯންޗްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.




