11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކޮށްފިއެވެ.
މި ކަމަށްޓަކައި ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
އިމާރާތް ކުރުމާބެހޭ ވުޒާރާއިން އާރުޑީސީއާ ހަވާލުކުރައްވާފައި ވަނީ މި 11 ރަށުގައި އާންމުކޮށް ބޭނުކުރާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ ހުރިހާ ރަށެއްގެ މަގުތައްވެސް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ރަށްތަކާއި ޚަރަދުވާ ވަރު
– ހއ. ތުރާކުނު: 65.5 މިލިޔަން ރުފިޔާ
– ހދ. ނޮޅިވަރަންފަރު: 101.2 މިލިޔަން ރުފިޔާ
– ހދ. ފިނޭ: 65.5 މިލިޔަން ރުފިޔާ
– ށ. މަރޮށި: 60.2 މިލިޔަން ރުފިޔާ
– ނ. މާފަރު: 116 މިލިޔަން ރުފިޔާ
– ބ. ތުޅާދޫ: 70.9 މިލިޔަން ރުފިޔާ
– ބ. ކުޑަރިކިލު: 53.5 މިލިޔަން ރުފިޔާ
– މ. މުލި: 85 މިލިޔަން ރުފިޔާ
– ތ. ގުރައިދޫ: 74.4 މިލިޔަން ރުފިޔާ
– ތ. ހިރިލަންދޫ: 70.5 މިލިޔަން ރުފިޔާ
– ތ. ކިނބިދޫ: 79.5 މިލިޔަން ރުފިޔާ
މިރަސްމިއްޔާތުގައި މި ރަށްރަށް ހިމެނޭ ދާއިރާތަކުގެ މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.





One Response
ކޮބާ ކޮމަންޑޫ ދާއިރާގެ މެމްބަރ