Advertisement
BML Home 2nd Ad

އޭޝިއާ އާއި އޮސްޓްރޭލިއާގެ 2 ކޮންޓިނެންޓް ޖެހި، އާ ސުޕަ ކޮންޓިނެންޓެއް އުފެދިގެންދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި

ކުރިއަށް އޮތް އަހަރުތަކުގައި އޭޝިއާ އާއި އޮސްޓްރޭލިއާ ގެ ދެ ކޮންޓިނެންޓް ޖެހި، އާ ސުޕަކޮންޓިނެންޓެއް އުފެދިގެން ދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ.

Advertisement
Etukuri Inside ad 300x300 Desktop

ސައިންސްވެރިން ބުނީ އެއީ ހަމައެކަނި ތިއަރިޓިކަލް ކޮންސެޕްޓެއް ނޫން ކަމަށާއި، ކޮންޓިނެންޓް މިހާރުވެސް މޫވް ކުރަމުން އަންނަ ކަމަށެވ.ެ ކާޓިން ޔުނިވާސިޓީގެ ޕްރޮފެސަރު ޒެންގް-ޒިއަންގް ލީ ވިދާޅުވީ އޮސްޓްރޭލިއާ ކންޓިނެންޓް އުތުރަށް އޭޝިއާ ކޮންޓިނެންޓާ ދިމާލަށް އަހަރަކު ގާތްގަނޑަކަށް ހަތް ސެންޓިމީޓަރުގެ ބާރުމިނުގަ މޫވް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ މިކަމުގެ ސަބަބުން ތިމާވެށީގެ ނިޒާމާއި ޖިއޮގްރަފީ އާއި މޫސުމުގެ ވައްޓަފާޅިއަށް އަސަރުކޮށް ދުނިޔެއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި، ބިންހެލުންތަކުގެ ސަބަބުން މުޅި ދުނިޔެ ބަދަލުވެ، އަލިފާން ފަރުބަދަތައް އުފެދި، ބިމުގެ ބޮޑު ސަރަޙައްދެއްގައި ލާވާ ފެތުރިގެން ދާނެ ކަމށެވެ. އަދި އެތައް މިލިއަން އަހަރެއް ފަހުން އޭޝިއާއާ އޮސްޓްރޭލިއާ ޖެހުމުގެ ސަބަބުން ހިނގާ ކަންކަމުގެ ތެރެއިން މިހާރު ވެސް ނަން ދީފައިވާ އާ ސުޕަކޮންޓިނެންޓް އުފެދިގެން ދާނެކަމަށެވެ.

އެއަށްފަހު  އެކަހެރިކޮށް އުފެދިފައިވާ އޮސްޓްރޭލިއާގެ ޖަނަވާރުތަކަށް އޭޝިއާ ކޮންޓިނެންޓްގެ ޝިކާރަވެރިންގެ ނުރައްކާ ކުރިމަތިވާނެތީ އޮސްޓްރޭލިއާގެ ވައިލްޑް ލައިފް ވެސް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ލީ ވިދާޅުވާ ގޮތުގައި މި ކަމަކީ މުސްތަގުބަލުގައި ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމެއް ކަމަށާއި އެއީ ޓެކްޓޯނިކް ޕްލޭޓްތަކުގެ ހަރަކާތުގެ ސަބަބުން ދިމާވާ ހަރަކާތެއް ކަމަށެވެ.

މީގެ ގާތްގަނޑަކަށް 80 މިލިއަން އަހަރު ކުރިން އޮސްޓްރޭލިއާ އެންޓާޓިކާއާ ވަކިވި ފަހުން، އެ އެ ކޮްނޓިނެންޓް ދަނީ އަބަދުވެސް މައްޗަށް (އުތުރަށް) ދަތުރުކުރަމުން ކަމަށާއި، މުސްތަގުބަލުގައި ދެކުނު އިރުމަތީ އޭޝިއާ އާއި ޖެހި ، ތަފާތު ޖިއޮލޮޖިކަލް ފޯސްތައް އުފެދިގެން ދާނެ ކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ ސިފަ އަށް ބަދަލު އައިސް ބޮޑެތި ހާދިސާތައް ކުރިމަތިވާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަދިވެސް އޭނާ އިތުރަށް ބުނެފައިވަނީ ޓެކްޓޯނިކް ޕްލޭޓްތައް ބަދަލުވާ ވަރަކަށް އާ ފަރުބަދަތައް އުފެދި، ފޯލްޓް ލައިންތައް އިތުރަށް އެކްޓިވްވާނެ ކަމަށާއި، މި އެކްސިޑެންޓްގެ ސަބަބުން މުޅި ސަބްޑަކްޝަން ޒޯންތައް ހިމެނޭ ގޮތަށް ތަފާތު ޖިއޮލޮޖިކަލް ސްޓްރަކްޗާތައް ވެސް އުފެދިގެން ދާނެ ކަމަށާއި، އަދި މިކަމުގެ ސަބަބުން ބިންހެލުމާއި އަލިފާން ފަރުބަދަތައް ގޮވުމާއެކު މުޅިން އައު ޗާޓެއް ކުރެހިގެންދާނެ ކަމަށެވެ.

އަޅުގަނޑުމެން މިއަދު މި ފެންނަ ކޮންޓިނެންޓްތަކަކީ މީގެ ގާތްގަނޑަކަށް 335 އާއި 175 މިލިއަން އަހަރު ކުރިން އޮތް ސުޕަކޮންޓިނެންޓެއް ކަމަށްވާ ޕެންޖިއާގެ ބައިތައް ކަމަށާއި، މީގެ ގާތްގަނޑަކަށް 200 މިލިޔަން އަހަރު ކުރިން އެ ކޮންޓިނެންޓް ބައިބައިވެ މިއަދު އަޅުގަނޑުމެންނަށް މި ފެންނަ 7 ކޮންޓިނެންޓާއި 5 ކަނޑު އަޅުގަނޑުމެންނަށް ލިބިފައިވަނީ އޭގެ ނަތީޖާއިން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ލީ ވިދާޅުވާ ގޮތުގައި މި ކަންކަމަކީ ދުނިޔޭގެ ހަޔާތުގައި ހިނގަމުންދާނެ ކަންކަން ކަމަށާއި، މިކަންކަމަކީ ތަކުރާރުވާ ސައިކަލެއްގެ ތެރޭގައި ހިންގމުންދާ ކަންތައްތައް ކަމަށްވާތީ ކޮންޓިނެންޓްތައް ވަކިވެ، އަނެއްކާވެސް ކޮންވާޖްވަމުން އަންނަ ކަމަށެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add