މޯލްޑިވްސް ލިވިން އެކްޕޯ 2025 ފަށައިފި

އިމާރާތްކުރުމާއި ގެދޮރަށް ބޭނުންވާ ސާމާނަށް ހާއްސަ މޯލްޑިވެސް ލިވިންގ އެކްސްޕޯ ގެ 13 ވަނަ އެޑިޝަން ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 14 އިން 18 އަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓްރ އަލީ ޒާހިރު އެވެ.

މި މަހުގެ 14 އިން ފެށިގެން 18 އަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:30 އަށް އެކްސްޕޯ ހުޅުވިފައި ހުންނާނެ ކަމަށް އެކްސްޕޯ އިންތިޒާމްކުރައްވާ ހައިރައިސް އިން މައުލޫމާތު ދެއެވެ.

މި އެކްސްޕޯގައި ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ވިޔާފާރި ތަކާއި ގޯތި ގެދޮރަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކުގެ އިތުރުން އަވައްޓެރި ޤައުމުތަކުންވެސް އެފަރާތްތަކުގެ ޚިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށް މައުރަޒްގައި ބައިވެރިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *