Ad

މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުންވާނެ ކަމެއް ނުކުރާނެ: މިނިސްޓަރު މާރިޔާ

މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުންވާނެ ކަމެއް ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މިނިވަންކަން ގެއްލެނީއޭ ކިޔައިގެން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވާ އެކަމަނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، މި ސަރުކާރުގެ ސިޔާސަތުތަށް މާ ހަރުދަނާކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މި ސަރުކާރަށް އޮތް މަގުބޫލުކަން ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި، އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމްނުވެ ފިތުނަފަސާދަ އުފައްދާ ގައުމު ހަލަބޮލި ކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށް މާރިޔާ ތުހުމަތުކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މިނިވަންކަން ގެއްލެނީއޭ ކިޔައިގެން ދައްކަމުން އަންނަ ވާހަކަތަކަކީ އެ ފަރާތްތަކުގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމާއި ހިޔާނާތުގެ ވާހަކައިގައި މަތި ޖެއްސެވުމަށް ކުރަމުން އަންނަ ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވިއެވެ.
ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދަމުން ދަނީ އަވައްޓެރި އިންޑިޔާއިންނެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަނުކުރީ އެކަމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަށްވާތީ ސިފައިންގެ ތެރޭގައި އޮންނަ ލަފާދޭ ކޮމެޓީން އެމަޢުލޫމާތު ހާމަނުކުރަން ލަފާދެއްވުމާ ގުޅިގެން ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *