މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދަރަނި ދެއްކި ނިސްބަތް 60 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވާއިރު މމިއަހަރުގެ މިހާތަނަށް މިދިޔަ އަހަރާ އަޅާބަލާއިރު ދަރަނި އަދާކުރުމަށް މި އަހަރު ހޭދަކުރި އަދަދު 60 ޕަސެންޓު ވަނީ އިތުރުވެފައެވެ.
އެކަމުގެ ސަބަބުން ރިޒާވް ގައި ހުރި ބޭރުފައިސާގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ރިޒާވް ހުރީ 832 މިލިއަން ޑޮލަރު ހުރި ނަމަވެސް ޖުލައި މަހު އެ އަދަދު ވަނީ 775 މިލިއަން ޑޮލަރަށް ދަށް ވެފައެވެ. އެހެންކަމުން ޖޫން މަހަށްވުރެ ޖުލައިމަހު ރިޒާވުން ވަނީ57 މިލިއަން ޑޮލަރުގެ މަދު ވެފައެވެ.
ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްގައި މިދިޔަ މަހު ހުރީ 213 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގަ އެވެ.