Ad
ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފަލެޓްތައް. ފޮޓޯ: އިރުވަރު އޮންލައިން
ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފަލެޓްތައް. ފޮޓޯ: އިރުވަރު އޮންލައިން

H06 ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ޢާއްމުކޮށްފި

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރެއްވުމަށްފަހު، H06 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިންޢާއްމުކޮށްފިއެވެ.

މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު، މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މިކަން ހާމަކުރައްވާ ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން ނެރުއްވި އިޢުލާނާއެކު H06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެކު) ވަގުތީ ލިސްޓުތައް ޝާއިޢުކުރައްވާފައިވެއެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައްވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ހާމަކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމުގައި ވެސް އެ ކޮމެޓީގެ އިޢުލާނުގައިވެއެވެ. ހަމަ އެހެންމެ، އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް، އެ ފަރާތަކަށް ކަމުގައިވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ އިޢުލާނުގައިވެއެވެ.

"ހިޔާ މަޝްރޫޢު" ގެ H06 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، އިއްޔެއިން ފެށިގެން 2020 ނޮވެންބަރު 16 ވަނަ ދުވަހުގެ 15:00 ނިޔަލަށް ވަނީ ހުޅުވައިލާފައެވެ. މިގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާފައިވަނީ https://hcp.presidency.gov.mv/ ލިންކު މެދުވެރިކޮށެވެ.

"ހިޔާ މަޝްރޫޢު" ގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށާއި، އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންވެލައްވާނަމަ 3010718 އަށް ގުޅުއްވުމަށްވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން އެދިވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *