ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި ޔޫކުރެއިންގެ ޑައިނަމޯ ކިއޭވްއާ ބައްދަލުކޮށް ބާސެލޯނާއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
މިމެޗް ބާސެލޯނާއިން ކާމިޔާބުކީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ގޯލް މެޗް ފަށައިގެން 5 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނެލްޓީއަކުން ކެޕްޓަން ލިއޮނަލް މެސީއެވެ. އެޓީމުގެ ދެވަނަ ލަނޑު 65 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.
މެޗުގައި ކިއޭވްއިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓުގައި ވިކްޓޯ ސައިޔަންކޯވް އެވެ. މިމެޗަށް ޑައިނަމޯ ކިއޭވްއިން ބާސެލޯނާއަށް ދިޔައީ ކޯވިޑް-19 އަށް ޕޮޒެޓިވްވުމުން ޓީމުގައި ހިމެނޭ މުހުންމު ކުޅުންތެރިން ނުލައި 13 ކުޅުންތެރިންގެ ސްކޮޑަކާ އެކުއެވެ.
ބާސެލޯނާއިން ވަނީ ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅުނު 3 މެޗްވެސް ކާމިޔާބުކޮށް ތާވަލްގެ 1 ވަނައިގައި 3 ޕޮއިންޓްގެ ލީޑެން ނަގައިފައެވެ. ދެވަނާގައި އޮތީ ރޭ ހަންގޭރީގެ ފްރެންސްވަރޯސްގެ މައްޗަށް 4-1 ލަނޑުން ކުރި ހޯދި އިޓަލީގެ ޔުވެންޓަސް އެވެ. ޔުވެންޓަސްއަށް 6 ޕޮއިންޓް ލިބިފައިވާއިރު ތިންވަނަގައި އޮތް ޑައިނަމޯ ކިއޭވް އަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތީ ހަންގޭރީގެ ފްރެންސްވަރޯސް އެވެ.