ޒަރުރީ ނުވަތަ އަސާސީ ކާބޯތަކެއްޗާއި މުދަލުގެ އަގުތައް އުފުލިއްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސް އިން މިއަދު އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގައި ވާ ގޮތުން އަސާސީ ބާވަތްތަކުގެ އިންފްލޭޝަން ހުރީ 1.9 އިންސައްތަ އެވެ. އެގޮތުން ޒަރޫރީ ކާބޯތަކެތީގެ އަގުތައް ވަނީ 1.62 އިންސައްތަ މައްޗަށް ގޮސްފައެވެ.
މީގެ ތެރެއިން އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ މޭވާ އާއި ތެލުގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 އިންސައްތަ އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުގެ އަގު 5.34 ޕައިންސައްތަ ވަނީ އުފުލިފަ އެވެ.
އެހެނިހެން ބާވަތްތަކަށް ބަލާއިރު ރީތިވާ ސާމާނާއި އެ ނޫން ވެސް "ޕާސަނަލް ކެއާ" ކެޓަގަރީގައި ހިމެނޭ ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ 4.33 އިންސައްތަ ބޮޑުވެފައިވާ ކަމަށް ވެސް އީސީޕީއައި އިން ދައްކަ އެވެ. އަގު ދަށްވެފައިވާކަމަށް އެރޮިޕޯޓްގައިވަނީ ގޭހާއި އެހެނިހެން ހަކަތައިގެ ބާވަތްތަކުން އެކަންޏެވެ.