ފޭސްބުކާއި އިންސްޓަގްރަމް އާއި އެކްސް މަނާކުރުމުން ނޭޕާލުގެ ޒުވާނުން މަގުމައްޗަށް ނިކުމެ މުޒާހިރާ ކުރަން ފަށައިފި އެވެ.
ޒުވާނުން މަގުމަށްޗަށް ނިކުމެ ކުރިއަށް ގެންދާ މުޒާހަރާއި ވެރިރަށް ކަތުމަންޑޫގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގެ ކައިރިއަށްވެސް ވަނީ އެއްވެފައެވެ. އަދި މުޒާހަރާ ހޫނުވެ ވެހިކަލްތަކުގައި ރޯކުރަންފަށާފައިވާއިރު އެކަމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނަގއި މިހާތަނަށް 13 މީހަކުވަނީ މަރުވެފައިވެ އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުންނަށް ބާރުގެ ބޭނުން ކުރަން ޖެހުނީ މުޒާހިރާގެ ބައިވެރިން ފުލުހުންގެ މަސައްކަތްތަކަށް ހުރަސް އެޅުމާ ގުޅިގެން ކަމަށެވެ.
ފޭސްބުކާއި، އިންސްޓަގްރަމް އާއި އެކްސް އަދި ޔޫޓިއުބް ނޭޕާލުސަރުކާރުން ބްލޮކް ކުރީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ނޭޕާލްގައި ރަޖިސްޓްރީ ވާން ދިން ފުރުތުގައި ރަޖިސްޓްރީ ވެފައިނުވާތީ އެވެ.
ނޭޕާލު ސަރުކާރުން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެ ގައުމުގައި ރަޖިސްޓްރީވާން އެންގީ ފޭކު އައިޑީތައް ބޭނުންކޮށްގެން ނަފްރަތު އުފެއްދުމާއި ސައިބާ ކްރައިމްގެ ކުށްތަކަށް އަރައިގަތުމުގެ އަމަލުތަކާއި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތު މި މަހުގެ 3 ވަނަ ދުވަހުގެ ނިއަލަށް ހަމަވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ކުންފުނިތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އެގައުމުގައި ބްލޮކް ކުރަން ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ. އެކަމާ ގުޅޭގޮތުން ނޭ ޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ރޮއިޓާސް މައުލޫމާތު ދެއްވި ގިޮތުގައި، ރަޖިސްޓްރީކުރަން ދިން މުއްދަތުގައި ޓިކްޓޮކް އާއި ވައިބާ ފަދަ ތަންތަނުން ވަނީ ރަޖިސްޓްރޭޝަން ފުރިހަމަކޮށްފަ އެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް އާއި އެކްސް ގެ އިތުރުން ޔޫޓިއުބް ވެސް ހިމެނޭކަމަށް އޮފިޝަލް މައުލޫމާތު ދީފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޭޕާލުގެ 90 އިންސައްތަ މީހުން އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރެއެވެ.




