Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑް 19 – ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 71 އަށް އިތުރުވެއްޖެ

ރާއްޖެއިން މިއަދު ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 71 އަށް އިތުރުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ގްރޭޓަރ މާލެ ސަރަހައްދުން 60 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު، ރަށްރަށުން 11 ކޭސް ފެނިފައިވާ ކަމަށެވެ.

މިމީހުންގެ ތެރޭގައި ހިމެނެނީ، 15 ދިވެހިންނާއި، 50 ބިދޭސީންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މިއަދު ގްރޭޓަރ މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ކޭސް ފެނިފައިވަނީ، އެއަރޕޯޓުގެ މަަސއްކަތެއް ކުރުމަށް އައި ޗައިނާގެ ކުންފުންޏެއްގެ 45 މީހުން ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 11،893 އަށް އަރާފައެވެ. މީގެތެރެއިން 11،010 މީހުން ބަލިން ރަގަޅުވެފައިވާއިރު، މިހާރު ބައްޔަށް ފަރުވާކުރަނީ 838 މީހުންނަށެވެ. އޭގެތެރެއިން 56 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 38 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *