Ad
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޑިސެމްބަރު 5 ގެ ނިޔަލަށް ދަމަހައްޓައިފި

ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޑިސެމްބަރު 5 ގެ ނިޔަލަށް ދަމަހައްޓައިފިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން 12 މާރޗްއިން ފެށިގެން އަންނަނީ، ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަމުންނެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ޤަރާރުގައި ބުނެފައިވަނީ، މިހާލަތު މިހާރު ޑިސެމްބަރ 5 ގެ ނިޔަލަށް ދަމަހައްޓާފައިވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފައިވަނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ބަލީގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ޤަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށްވެސް މިޤަރާރުގައި ބުނެފައިވެއެވެ.

ރާއްޖެއިން ކޮވިޑު ފެނުނުތާ 243 ދުވަސްވެފައިވާއިރު، މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 11،822 އަށް އަރާފައެވެ. މިމީހުންގެ ތެރެއިން 10،991 މީހުން ބަލިން ރަގަޅުވެފައިވާއިރު، މިހާރު ބައްޔަށް ފަރުވާކުރަނީ، 786 މީހުންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *