މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޑޮލަރުން މުއާމަލާތްކުރެވޭ މިންވަރު އިތުރު ކުރަން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މ. މުލީގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން އެއާލައިންތަކުން ޓިކެޓް ގަތުމާއި، ބޭރުގެ ހޮޓާ ތަކަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބރުގައި ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ވެސް، ބީއެމްއެލް ގައި އެދުމުން ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ނޮވެމްބަރު 11 އިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސް ވަނީ ބީއެމްއެލްގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް މިއަދު ހަމަޖެއްސި ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
އަދި ޗައިނާގެ ފައިސާ ޔުއާން އިން ބީއެލްގައި އެކައުންޓު ހުޅުވޭނެ ގޮތް މިހަރު ހަމަޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޓިޑް ކާޑު ތައާރަފުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.