ދޯނިފަހަރުގައި އާއެސްޑަބްލިޔު ސިސްޓަމް ބަހައްޓަން އިތުރު 200 ފަރާތަކަށް ލޯނު ދެނީ!

އާއުއެސްޑަބްލިޔޫ ސިސްޓަމް ދޯނިފަހަރުގައި ބަހައްޓަން ސަރުކާރުން ފަށާފައިވާ ލޯނު ސްކީމުގެ ތެރެއިން މި އަހަރު އިތުރު 200 ފަރާތަކަށް ލޯނު ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ތ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހިރިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ދޯނީގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ލޯނު ދޫކުރަން ފެށި މަޝްރޫއުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ލޯނު ހަމަޖެހުނީ ހިރިލަންދޫ އޮޑިވެރިންނަށެވެ.

އެ ސްކީމުގެ ދަށުން އިތުރު ލޯނުތައް ދޫކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މި އަހަރު ތެރޭގައި ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 200 ފަރާތަށް އާރްއެސްޑަބްލިއު ލޯނު ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ. އެއިރުން ޖުމްލަ 300 އެއްހައި ފަރާތަށް އެ ލޯނު ދޫކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *